Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ގަތަރުން ސުވިޒަލޭންޑާ އެއްވަރުކޮށްފި

ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ގަތަރުން ސުވިޒަލޭންޑާ އެއްވަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
20 ގަޑިއިރު ކުރިން - 14 ޖޫން 2026 02:13
ގަތަރުން ފަހު މިނެޓުގައި ގޯލު ޖަހައި އުފާފާޅުކުރަނީ--
ގަތަރުން ފަހު މިނެޓުގައި ގޯލު ޖަހައި އުފާފާޅުކުރަނީ--
ޚުލާސާ

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސުވިޒާލޭންޑުން. މެޗުގެ 94 ވަނަ މިނެޓުގައި ގަތަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ބޫލަމް ހޫކީ.

އެންމެ ފަހުން މުބާރާތް ބޭއްވި ގަތަރާއި ސްވިޒަލޭންޑް ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ގަތަރުގެ މައްޗަށް ސްވިޒަލޭންޑުން ކުރިހޯދީ ވަރަށް ވާދަވެރި ކުޅުމަކަށް ފަހުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސުވިޒާލޭންޑުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ބްރީލް އެމްބޯލޯއެވެ.

Advertisement

Advertisement 1

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ސުވިޒަލޭންޑުން މި މެޗުގައި 26 ހަމަލާ އުފެއްދިއިރު ގަތަރަށް ފޮނުވާލެވުނީ އެންމެ 7 ހަމަލާއެވެ.

ގަތަރުން އުންމީދު ކަނޑާނުލައި ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި 6 މިނެޓުގެ ތެރޭގައެވެ. މެޗުގެ 94 ވަނަ މިނެޓުގައި ގަތަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ބޫލަމް ހޫކީއެވެ. އޭނާގެ މި ލަނޑާއެކު މުޅި ސްޓޭޑިއަމް އުފާވެރިކަމުން ގުގުމާލިއެވެ.

މި ނަތީޖާއާއެކު މި ގްރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗު ވެސް މިވަނީ އެއްވަރުވެފައެވެ. އެގޮތުން ބޮސްނިއާ އާއި ކެނެޑާ ރޭ ކުޅުނު މެޗު ވެސް ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ.

މިރޭ ދެން އޮންނާނީ ގްރޫޕް ސްޓޭޖުގެ އެންމެ ފޯރިގަދަ އެއް މެޗު ކަމަށްވާ ބްރެޒިލް އާއި މޮރޯކޯ ބައްދަލުކުރާ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 03:00 ގައެވެ.

ގަތަރުސުވިޒަރލެންޑްފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުރަތަމަ މެޗުގައި ފަސް ތަރީގެ ބްރެޒިލަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލަން

ފުރަތަމަ މެޗުގައި ފަސް ތަރީގެ ބްރެޒިލަށް ޖެހުނީ ޕޮއިންޓަކުން ފުއްދާލަން

17 ގަޑިއިރު ކުރިން - 05:05

ވަގަށް ނެގި އިންގްލެންޑް ޓީމުގެ ތަމްރީނު ސާމާނުތައް ފުލުހުން ހޯދައިފި

ވަގަށް ނެގި އިންގްލެންޑް ޓީމުގެ ތަމްރީނު ސާމާނުތައް ފުލުހުން ހޯދައިފި

1 ދުވަސް ކުރިން - 20:22

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށްވުރެ އިތުރުވިޔަ ނުދިނުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދަނީ

ސްވިޒަލޭންޑުގެ އާބާދީ 10 މިލިއަނަށްވުރެ އިތުރުވިޔަ ނުދިނުމަށް އާންމުންގެ ވޯޓަކަށް

1 ދުވަސް ކުރިން - 19:54

އިންގްލެންޑު ޓީމުގެ ބޫޓުތައް ވަގަށް ނަގައިފި

އިންގްލެންޑު ޓީމުގެ ބޫޓުތައް ވަގަށް ނަގައިފި

1 ދުވަސް ކުރިން - 14:08

ބްރެޒިލްގެ ފުރަތަމަ މެޗުގައި ނޭމާ ނުކުޅޭނެކަން އަންޗެލޮޓީ ކަށަވަރުކޮށްދީފި

ބްރެޒިލްގެ ފުރަތަމަ މެޗުގައި ނޭމާ ނުކުޅޭނެކަން އަންޗެލޮޓީ ކަށަވަރުކޮށްދީފި

1 ދުވަސް ކުރިން - 12:30

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

އެމެރިކާއިން ޕެރަގުއޭ ފަސޭހަކަމާއެކު ބަލިކޮށްފި

1 ދުވަސް ކުރިން - 11:14