Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ވަގަށް ނެގި އިންގްލެންޑް ޓީމުގެ ތަމްރީނު ސާމާނުތައް ފުލުހުން ހޯދައިފި

އައިޝަތު ރުވާ ރިފްޢަތު
128 ދުވަސް ކުރިން - 13 ޖޫން 2026 20:22
އިންގްލެންޑު ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދަނީ---

ޚުލާސާ

މި ވައްކަން ހިނގާފައިވަނީ އަންނަ ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ތައްޔާރުވުމުގެ މަސައްކަތް ޓީމުން ފަށާފައިވަނިކޮށް. ވަގަށް ނެގި ސާމާނުތަކުގެ ތެރޭގައި ޓީމުން ތަމްރީނުތަކުގައި ބޭނުންކުރާ ބޯޅަތަކާއި ބޫޓުތައް ހިމެނޭ.

އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމު ކެންސަސް ސިޓީއަށް ދިއުމުގެ ކުރިން، އެ ޓީމުގެ ތަމްރީނުތަކަށް ބޭނުންވާ ސާމާނުތައް ހުރި އުޅަނދުތަކަކުން ވަގަށް ނެގި ގިނަ ތަކެތި ފުލުހުން ހޯދައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޓީމުގެ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 'ސްވޯޕް ސޮކަރ ވިލެޖް' ބޭސްއަށް ސާމާނުތައް އުފުލި އުޅަނދުތަކެއް ފަޅާލައިގެންނެވެ. ކެންސަސް ފުލުހުންނާއި އިނގިރޭސި އެފް.އޭ އާއި ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުގައި، މިހާތަނަށް މި މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement 1

ކެންސަސް ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ޓީމުގެ އުޅަނދުތަކުން ސާމާނުތަކެއް މަދުވެގެން ރިޕޯޓްކުރުމާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ފެށި ތަހުގީގުގެ ތެރެއިން ވަނީ ގިނަ ތަކެތި އަނބުރާ ހޯދާފައެވެ.

ކޯޗު ތޯމަސް ޓުޗެލް އާއި އިންގްލެންޑްގެ ސްކޮޑް ހޮނިހިރު ދުވަހުގެ މެންދުރުފަހު ކެންސަސްއަށް ދިއުމަށް ހަމަޖެހިފައިވާއިރު، މި ސާމާނުތަކަކީ ޓީމު ދިއުމުގެ ކުރިން އެތަނުގައި ތައްޔާރުކޮށްފައި ހުންނަންޖެހޭ ތަކެއްޗެވެ. މި ވައްކަން ހިނގާފައިވަނީ އަންނަ ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ތައްޔާރުވުމުގެ މަސައްކަތް ޓީމުން ފަށާފައިވަނިކޮށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އިންގްލެންޑްގެ ކުރީގެ ޑިފެންޑަރު ފިލް ޖެގިއެލްކާ ބުނީ، ކުޅުންތެރިން ބޭނުންކުރާ ބޫޓު ފަދަ ތަކެއްޗަކީ އެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ތަކެތި ކަމަށެވެ. އެގޮތުން ބޫޓުގައި ގައުމީ ދިދަ، ކުޅުންތެރިޔާގެ ނަން ނުވަތަ ދަރިންގެ ނަން ފަދަ ނިޝާންތައް ޖަހާފައި ހުންނާނެ ކަމަށާއި، މިއީ އެތައް މަހެއް ކުރިން ތައްޔާރުކުރާ ތަކެތި ކަމަށް އޭނާ ފާހަގަކުރިއެވެ.

ސާމާނުތައް އަނބުރާ ލިބުމާ ގުޅިގެން، އިންގްލެންޑް ޓީމުގެ ފުރަތަމަ ފުލް ޓްރެއިނިންގ ސެޝަން އާދީއްތަ ދުވަހު ކުރިއަށްގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ.

އިނގިރޭސީވިލާތްފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

"އިނގިރޭސި އެއާޕޯޓަށް ހަމަލާ ދޭން ރޭވީ އީރާން ކަމަށް ޔަގީނާއި ގާތް"

7 ދުވަސް ކުރިން - 20:21

އެއާބޭސް ގޮއްވާލަން އުޅުނު މައްސަލައިގެ ފަހަތުގައި އީރާން އޮވެދާނެ: ޔޫކޭގެ ބޮޑުވަޒީރު

18 ދުވަސް ކުރިން - 08:42

ޔޫކޭ އެއާބޭސް ކައިރިން ފެނުނު ގޮވާތަކެއްޗާއި އީރާނާއި ގުޅުމެއް ނެތް: ތެހެރާން

21 ދުވަސް ކުރިން - 19:01

ޗާގޯސް މައްސަލައިގައި ރަސްމީ މަޝްވަރާތަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ދައުވަތު އަރުވައިފި

41 ދުވަސް ކުރިން - 11:58

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

59 ދުވަސް ކުރިން - 22:08

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

81 ދުވަސް ކުރިން - 22:24