Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބްރެޒިލްގެ ފުރަތަމަ މެޗުގައި ނޭމާ ނުކުޅޭނެކަން އަންޗެލޮޓީ ކަށަވަރުކޮށްދީފި

ބްރެޒިލްގެ ފުރަތަމަ މެޗުގައި ނޭމާ ނުކުޅޭނެކަން އަންޗެލޮޓީ ކަށަވަރުކޮށްދީފި

ހުސައިން އިސްމާއިލް
80 ދުވަސް ކުރިން - 13 ޖޫން 2026 12:30
ބްރެޒިލްގެ ތަރި ނޭމާ---
ބްރެޒިލްގެ ތަރި ނޭމާ---
ޚުލާސާ

އަންނަ ހަފުތާގައި ސްކޮޑާއެކު ފަރިތަކުރުންތައް ފަށާނެ ކަމަށް އަންޗެލޮޓީ ބުނި. ނަމަވެސް، ޖޫން 20 ގައި ހައިޓީއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް އޭނާ ފިޓްވާނެ ކަމާމެދު ވަނީ ޝައްކު އުފެދިފަ. ބްރެޒިލްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ ޖޫން 24 ގައި ސްކޮޓްލޭންޑާ ދެކޮޅަށް.

ވޯލްޑް ކަޕްގައި މިރޭ ދަންވަރު 03:00 ގައި މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި، އެ ޓީމުގެ ތަރި ނޭމާ އަށް ނުކުޅެވޭނެކަން ކޯޗު ކާލޯ އަންޗެލޮޓީ ކަށަވަރުކޮށްދީފިއެވެ.

އުމުރުން 34 އަހަރުގެ ނޭމާ ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވަނީ އޭނާގެ ފައިގެ ކޮޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ. މި އަނިޔާގެ ސަބަބުން އޭނާ އަދިވެސް ޓީމުގެ ފުރިހަމަ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެއް ނުވެއެވެ.

އަންޗެލޮޓީ ބުނި ގޮތުގައި، ކުރީގެ ބާސެލޯނާ އަދި ޕީއެސްޖީގެ ފޯވާޑް އަންނަ ހަފުތާގައި ސްކޮޑާއެކު ފަރިތަކުރުންތައް ފަށާނެއެވެ. ނަމަވެސް، ޖޫން 20 ގައި ހައިޓީއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗަށް އޭނާ ފިޓްވާނެ ކަމާމެދު ވަނީ ޝައްކު އުފެދިފައެވެ. ބްރެޒިލްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނާނީ ޖޫން 24 ގައި ސްކޮޓްލޭންޑާ ދެކޮޅަށެވެ.

Advertisement

Advertisement 1

ނޭމާގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، "ނޭމާ އަންނަނީ ވީހާވެސް އަވަހަކަށް ފިޓްވުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން،" ކަމަށެވެ. އަދި އޭނާ އިތުރަށް ބުނި ގޮތުގައި "އަހަރެމެން ނޭމާ ޓީމަށް ނެގީ ހަމައެކަނި އޭނާގެ ފަންނީ ހުނަރުގެ ސަބަބުންނެއް ނޫން. އޭނާގެ ތަޖުރިބާ އާއި ޓީމުގެ ޒުވާން ކުޅުންތެރިންނަށް އޭނާ ދައްކާ ނަމޫނާ އަކީ ވެސް ޓީމަށް ވަރަށް މުހިންމު ކަމެއް."

އަނިޔާގެ މައްސަލަތަކާ ގުޅިގެން 2023 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ގައުމީ ޓީމަށް ނޭމާ މެޗެއް ކުޅެދީފައެއް ނުވެއެވެ. ނަމަވެސް، ޗެލްސީގެ ފޯވާޑް ޔޮއާއޮ ޕެޑްރޯ އާއި ޓޮޓެންހަމްގެ ރިޗާލިސަން ބާކީކޮށް، އަންޗެލޮޓީ ވަނީ ވޯލްޑް ކަޕް ސްކޮޑުން ނޭމާ އަށް ފުރުސަތު ދީފައެވެ.

ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ކުޅުނު 128 މެޗުން 79 ލަނޑު ކާމިޔާބުކޮށް، ފުޓްބޯޅައިގެ ރަސްގެފާނު ޕެލޭގެ ރެކޯޑް (77 ލަނޑު) މުގުރާލާފައެވެ. މިއީ 2014، 2018 އަދި 2022 ވަނަ އަހަރުގެ މުބާރާތްތަކަށްފަހު، ނޭމާ ބްރެޒިލް ތަމްސީލުކުރާ ހަތަރުވަނަ ވޯލްޑް ކަޕެވެ.

ނޭމާބްރެޒިލްފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

11 ދުވަސް ކުރިން - 22:08

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

13 ދުވަސް ކުރިން - 10:25

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

33 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

43 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

43 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

43 ދުވަސް ކުރިން - 03:01