ހަނިމާދޫ ކައުންސިލުން ކުއްޔަށް ދޫކުރާ ބިންތަކަކީ 5،000 އަކަފޫޓުގެ ބިންތަކެއް. އެ ބިންތައް ކުއްޔަށް ދެނީ 50 އަހަރުގެ މުއްދަތަކަށް.
916 ދުވަސް ކުރިން - 20:07
ހަފްތާއަކު ދެ ދަތުރުކުރާ ހައި ސްޕީޑު ފެރީގެ ދަތުރެއްގެ އަގަކީ 450ރ. މި ހިދުމަތްތަކާ އެކު އެކި ބޭނުންތަކަށް ކަނޑުމަގުން ދަތުރުކުރާ މީހުންނަށް ބޮޑު ލުޔެއް ލިބޭނެ
916 ދުވަސް ކުރިން - 19:48
މި މިސްކިތްތައް އަޅަނީ ހުޅުމާލޭ ގެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި.
916 ދުވަސް ކުރިން - 18:55
މި މަޝްރޫއުގެ ދަށުން ދ. މާދެއްޔާ ގދ. ފިޔޯރީގައި މަސް ކާރުހާނާއަކާއި ކޯލްޑް ސްޓޯރޭޖު އަޅައި، ޅ. ފެލިވަރުގައި މިހާރު ހުރި މަސް ކާރުހާނާ ބޮޑުކުރުމުގެ މަސައްކަތް ކުރާނެ. ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއު ނިމުމުން މަސް ބަންދުކުރުމާއި އެކްސްޕޯޓު ކުރުމުގެ ކެޕޭސިޓީ އަދި ބޭރު ފައިސާގެ އާމްދަނީ އިތުރުވާނެ.
916 ދުވަސް ކުރިން - 17:21
ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމްއެންޑީއެފްއަށް ކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ހަދިޔާކޮށްފިއެވެ.
916 ދުވަސް ކުރިން - 15:49
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.
916 ދުވަސް ކުރިން - 15:40
ތ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރާ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، އެ ދާއިރާއަށް ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފި އެވެ.
916 ދުވަސް ކުރިން - 05:57
ޓޫރިޒަމް އިން ދައުލަތަށް ލިބޭ ޓެކްސްތަކުން ބައެއް ސީދާ ކައުންސިލްތަކަށް ޖަމާކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ.
916 ދުވަސް ކުރިން - 23:17
އިދިކޮޅު އެމްޑީޕީން މުޅިން ވެސް ކުރަނީ އެންޓި ކެމްޕޭނު ކަމަށް އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
916 ދުވަސް ކުރިން - 23:00
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ފ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފ.ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން " ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާގޮތަކަށް ކަންކަން ކުރުންކަމަށާއި އެގޮތުން މި ސަރުކާރުގެ ތަރައްގީގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އަރބަން ސެންޓަރު ގާއިމުކުރައްވައި އޭގެތެރެއިން ފ އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާފަދަ އަރބަން ސެންޓަރަކަށް، ނިލަންދޫ ހައްދަވާ ދެއްވަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ.
917 ދުވަސް ކުރިން - 18:47
އީރާނުން އިޒްރޭލަށް އަމާޒުކޮށް ޑްރޯން އާއި މިސައިލްގެ ހަމަލާތަކެއް ދީފި އެވެ.އިޒްރޭލުން ބުނި ގޮތުގައި ޑްރޯން އާއި މިސައިލްގެ 100 އަށް ވުރެ ހަމަލާ އީރާނުން ވަނީ ފޮނުވާލައިފަ އެވެ. އަދި އިތުރު ހަމަލާތައް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.
917 ދުވަސް ކުރިން - 13:52
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާ ކަމަށްބުނެ އެމްޑީޕީން ނެރެފައިވާ ބަޔާނަކީ ޙަޤީޤަތާ މުޅިން ޚިލާފު ބަޔާނެއް ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރައްދު ދެއްވައިފިއެވެ.
917 ދުވަސް ކުރިން - 12:37