ޓޫރިޒަމްގެ ވިޔަފާރިއަށް ހދ. ހަނިމާދޫން 14 ބިމެއް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނާ ގޮތުގައި އެ ހުރިހާ ބިންތަކަކީ ވެސް 5،000 އަކަފޫޓުގެ ބިންތަކެކެވެ. އެއީ ހަނިމާދޫގެ އުތުރު ފަރާތުން އަށް ބިމަކާއި ދެކުނު ފަރާތުން ހަ ބިމެކެވެ. އެ ބިންތައް ކުއްޔަށް ދެނީ 50 އަހަރަށެވެ.
އެ ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ބީމަލާ ބެހޭ ބައެއް މައުލޫމާތު
- މި މަހު 30ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވާން ޖެހޭނެ
- ބީލަން ބަލައިގަތުމުގެ ފީއަކީ ބިމަކަށް 1،000ރ.
- އިތުރު ބިން ބޭނުންވާނަމަ ކޮންމެ ބިމަކަށް 1،000ރ. ދައްކަން ޖެހޭނެ
- ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 30 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 1 ޖަހާއިރު އެވެ.








