ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމްއެންޑީއެފްއަށް ކޮމިއުނިކޭޝަން އިކުއިޕްމަންޓްސް ހަދިޔާކޮށްފިއެވެ.

މިކަމަށް ޓަކައި އިއްޔެ ބަންޑާރަކޮށި އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިޔާތުގައި، އެމްއެންޑީއެފްގެ ފަރާތުން އެ އިކުއިޕްމަންޓްސްއާ ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއެވެ.

އެމްއެންޑީއެފްއިން ބުނީ، ޕްރޯލައިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ތަކެތީގެ ސަބަބުން އެމްއެންޑީއެފްގެ ސަވައިލެންސް ކެޕޭސިޓީ އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

 ނަމަވެސް ހަދިޔާ ކުރި ތަކެތީގެ މައުލޫމާތުތަކެއް އެމްއެންޑީއެފްއިން ހާމަކޮށްފައިނުވެއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މަޢުމޫންއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީގެ އިތުރުން ޖެނެރެލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.