ހުޅުމާލޭގައި ދެ މިސްކިތް ބިނާކުރުމަށް ބޭނުންވާ އެޗްޑީސީއިން އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

އެއީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކަތަކާއި ހުޅުމާލޭ ތިން ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތެކެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިސްކިތް ބިނާކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވަނީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ތިން ވަނަ ފިޔަވަހިން ދޫކުރީ 21،952 އަކަފޫޓޫގެ ބިމެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެ އެވެ.