އިއްޔެ ޑީޑީ ގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ޕޮކެޓުގައި އޮވެ ގެއްލިފައިވާ 32,000 ރުފިޔާގެ އަގުހުރި މޯބައިލް ފޯނެއްގެ މައްސަލައާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ ސީސީޓީވީ ފޫޓޭޖް ބަލައި، ފޯނު ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކުކޮށްފައި ކަމަށް ފުލުހުން ބުނި.
748 ދުވަސް ކުރިން - 00:28
ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން "ކެޔޮޅު" ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި. މި އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ފަސޭހައިން ރަޖިސްޓްރީކުރެވޭނެ
748 ދުވަސް ކުރިން - 00:23
ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޒުވާނުންނަށް ކުރާ ހިތްދަތި އަސަރުތައް މުސްތަގުބަލުގެ ސަމިޓުގައި އަލިއަޅުއްވާލައްވައި، ދުނިޔޭގެ ލީޑަރުންނަށް ބަހާއި ޢަމަލު ދިމާކުރުމަށް އިލްތިމާސް ކުރައްވައި މޫސުމީ ކަންތަކުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ
748 ދުވަސް ކުރިން - 00:20
ރައީސް މުޢިއްޒުގެ މި ގޮވާލެއްވުމަކީ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެ ޤައުމުތަކުގެ އިޤްތިޞާދީ ތަރައްޤީއަށް އަލިއަޅުވާލެއްވި ގޮވާލެއްވުމެއް. ޚާއްޞަކޮށް، ވަސީލަތްތަކުގެ ދަތިކަމާއި، ޖިއޮގްރަފީގެ ގޮތުން އެކަހެރިކޮށް އޮތުމާއި، ބޭރުގެ ޝޮކްތަކަށް ނުރައްކާވުމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވި.
748 ދުވަސް ކުރިން - 00:05
އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، މެދު ރާއްޖެތެރެއާއި ދެކުނުގެ ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރޭ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާކުރޭ
748 ދުވަސް ކުރިން - 23:19
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދެ ޤައުމުގެ ގާތް ގުޅުން ފާހަގަކުރައްވައި، ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިންނަށް ތަހުނިޔާ ދެންނެވި. އަދި ޙައްޖު މޫސުމުގައި ދިވެހި ޙާޖީންނަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އެހީތެރިކަމަށާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް މެދުވެރިކޮށް ހިންގާ މަޝްރޫޢުތަކުގެ ކާމިޔާބީއަށް ޝުކުރު އަދާކުރެއްވި.
748 ދުވަސް ކުރިން - 23:15
ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ މައްސަލަތަކުގައި އިސް ދައުރެއް އަދާކުރަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުުޓެރެސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ
748 ދުވަސް ކުރިން - 23:10
ރައީސް މުއިއްޒު ވަނީ ސަމިޓް އޮފް ދަ ފިއުޗާގައި ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަންނަން އޮތް ޖީލު އަމިއްލަ މުސްތަގުބަލު ބައްޓަން ކުރުމަށް ތައްޔާރުވުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗާ އާއި އިނޮވޭޓިވް ޓެކްނޮލޮޖީތަކަށް އިންވެސްޓް ކުރުމަށް ގޮވާލައްވާފަ
748 ދުވަސް ކުރިން - 23:04
މި ސަމިޓްގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ވެވިފައިވާ އެއްބަސްވުންތަކަށް އަމަލުކުރުން އަވަސްކުރުމާއި، "ޕެކްޓް ފޮރ ދަ ފިއުޗަރ" މެދުވެރިކޮށް އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި.
748 ދުވަސް ކުރިން - 22:47
އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބެންޖެހޭ ކަމަށާއި، އިންސާނިއްޔަތުކަމެއް ނެތް ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހިތްވަރު ހުންނަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވި. އަދި ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވި
748 ދުވަސް ކުރިން - 22:39
މި ސަމިޓުގައި "ޕެކްޓް ފޮރ ދަ ފިއުޗަރ" ކަރުދާހުގެ ދަށުން ޤައުމުތަކުން ވަޢުދުވެފައިވާ ކަންކަން އަވަސްކުރުމަށާއި، މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވޭނެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސަމިޓުގައި ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައި.
748 ދުވަސް ކުރިން - 20:36
އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބެންޖެހޭ ކަމަށާއި، އިންސާނިއްޔަތުކަމެއް ނެތް ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހިތްވަރު ހުންނަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވި. އަދި ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށްވެސް ރައީސް ވިދާޅުވި
748 ދުވަސް ކުރިން - 22:39