މޫސުމަށް އަންނަ ބަދަލުތަކަކީ ޒުވާނުންނަށް ، ދުނިޔޭގެ ނުރައްކަލެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "މުސްތަގުބަލުގެ ސަމިޓްގައި" ނުވަތަ އދ ގެ ފިއުޗަރ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޒުވާނުންގެ ރައީސް ޑރ. މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ޒުވާނުންނަށް ކުރާ ބޮޑެތި އަސަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވައި، އެއީ އަންނަން އޮތް ޖީލުތަކަށް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ %62 ޒުވާނުންނަށް ސީދާ އަސަރުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މުސްތަޤްބަލްގެ ޒުވާނުންގެ ދިރިއުޅުމާއި، ޒުވާނުންނަށް ލިބެންހުރި ފުރުސަތުތަކާއި، އެމީހުންގެ މުސްތަގުބަލަށް ކުރާ ފުން އަސަރު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި އެންމެން ގުޅިގެން އިތުރަށް ސަމާލުކަންދީގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވި އެވެ. ހުސް ވައުދުތައް ވުން ހުއްޓާލައި، ޚާއްސަކޮށް ދެމެހެއްޓެނިވި ތަރައްގީ އާއި ވިހަ ގޭސް ބޭރުކުރުން މަދުކުރުމަށް އަވަސް ފިޔަވަޅުތައް އަޅަން ފެށުމަށް ދުނިޔޭގެ ލީޑަރުންނަށް ދިވެހިރާއްޖޭގެ ރައީސް ޑރ.މުޢިއްޒު އިލްތިމާސް ކުރެއްވި އެވެ.
"ކުރިއަށް އޮތް ޖީލުތަކުން ބަލާނީ ވައުދުވި ކަންތައްތަކަށް ނޫން ކަމަށާއި ހާސިލްވި ކަންތައްތަކަށް،" ވާހަކަ ދެއްކުމުގެ މައްޗަށް މިންކުރެވޭ ނަތީޖާތަކެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ފާހަގަކުރެއްވި އެވެ.









