Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އދގައި ރާއްޖެއިން މިހާރަށްވުރެ އިސް ދައުރެއް އަދާކުރަން ބޭނުން: ރައީސް މުޢިއްޒު

އދގައި ރާއްޖެއިން މިހާރަށްވުރެ އިސް ދައުރެއް އަދާކުރަން ބޭނުން: ރައީސް މުޢިއްޒު

އައިޝަތު ރުވާ ރިފްޢަތު
734 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2024 23:10
ރައީސް ޑރ. މުއިއްޒު އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު އދ.ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ މައްސަލަތަކުގައި އިސް ދައުރެއް އަދާކުރަން ބޭނުންވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުުޓެރެސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގައި ދިވެހިރާއްޖެއިން މިހާރަށްވުރެ އިސް ދައުރެއް އަދާކުރަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުުޓެރެސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަ ވަނީ އދ.ގައި ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ މައްސަލަތަކުގައި އިސް ދައުރެއް އަދާކުރަން ބޭނުންވާކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement

Advertisement 1

މި ދަތުރުފުޅަކީ ރައީސް މުޢިއްޒު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމެރިކާއަށް އަދި އދ.އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ ބަހުސެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ "ސަމިޓް އޮފް ދަ ފިއުޗަރ" ގައި ބައިވެރިވެވަޑައިގެގެންފައެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާތަބުކުރައްވައި ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅާއި އދ.ގައި އިސް ދައުރެއް އަދާކުރުމުގެ އިޢުލާނަކީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ހާޒިރީ އިތުރުކޮށް، ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ލަފާކުރެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސަމިޓް އޮފް ދަ ފިއުޗާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަސްމާލެއިން ޕްރޮޕަޓީ ވިއްކޭނީ ވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ވެސް ސަރުކާރުން: މިނިސްޓަރު މުއްތަލިބު

"ޕްރޮޕަޓީ ވިއްކޭނީވެސް އަދި ވިސާ ދޭނެ ފަރާތްތައް ނިންމާނީ ދިވެހި ސަރުކާރުން"

15 ގަޑިއިރު ކުރިން - 19:56

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ބޮޑުތަންވެސް ކުރީގައި!

40 މިލިއަނުގެ ފަޅުތަކަށްވުރެ 500 މިލިއަން ޑޮލަރުގެ ރަސްމާލެ މާ ކުރީގައި!

1 ދުވަސް ކުރިން - 07:30

20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލަނީ

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

1 ދުވަސް ކުރިން - 00:45

ރަސްމާލެއިން ބޭރުގެ އިންވެސްޓަރުންނަށް ބިން މިލްކެއް ނުކުރެވޭނެ، ހުރިހާ ކަމެއްވެސް ދާނީ ގާނޫނުގެ ތެރެއިން: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

1 ދުވަސް ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

1 ދުވަސް ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 14:46