ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އދ.ގެ މައި މަރުކަޒުގައި ފެށުނު "ސަމިޓް އޮފް ދަ ފިއުޗަރ" ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓަކީ ދުނިޔޭގެ ލީޑަރުން އެއްތަނަކަށް ޖަމާވެ، މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަމަށް ހައްލު ހޯދުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
މި ސަމިޓުގައި "ޕެކްޓް ފޮރ ދަ ފިއުޗަރ" ކަރުދާހުގެ ދަށުން ޤައުމުތަކުން ވަޢުދުވެފައިވާ ކަންކަން އަވަސްކުރުމަށާއި، މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސަމިޓުގައި ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސަމިޓުގެ ތެރެއިން ކުރިއަށްދާ ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ ޝަރަފުވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެއެވެ. މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމުން، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ބައިނަލްއަޤުވާމީ މައިދާނުގައި ހިއްސާކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާނެކަމަށް ބެ ބެލެވެއެވެ.
ސަމިޓް އޮފް ދަ ފިއުޗަރ 19 ސެޕްޓެމްބަރުގައި ނިމުމަކަށް އަންނާނެއެވެ. މި ސަމިޓުން ނެރޭ ނަތީޖާތަކަކީ ދުނިޔޭގެ މުސްތަޤުބަލަށް އަސަރުކުރާނެ މުހިންމު ނިންމުންތަކަކަށް ވެގެންދާނެކަމަށް ގިނަ ފަރާތްތަކުން އުންމީދުކުރެއެވެ.









