ރައީސް މުއިއްޒު ވިދާޅުވީ ނިރުބަވެރި މި އަމަލުތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދ.ގެ ގަރާރުތަކާއި ހިލާފަށް ހިންގާ މި އަމަލުތަކަށް އިސްރާއީލުން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި އަދި އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމަށް ކަނޑައަޅައި، ފަލަސްތީނުގެ ދައުލަތް ބަަލައިގަންނަން ޖެހޭނެ ކަމަށް ވިދާޅުވި
746 ދުވަސް ކުރިން - 00:11
އެމަނިކުފާނުގެ ވާހަކަފުޅުގެތެރެއިން މުޅި އޯޑިއަންސް އަތްޖެހިއިރު އެ އިވުނު އަތްތިލަބަޑީގެ އަޑު އދ ގެ މަޖިލީހެއްގައި ވަރަށް މަދުން ނޫނީ އެހާ ބާރަށް އިވިފައެއް ނެތް. ދުނިޔޭގައި ހިނގާ ހަމަނުޖެހުންތައް އދ އަށް ނުހުއްޓުވޭ ކަމާއި އދ އަކީ މައްސަލަތައް ހައްލުނުވެ ޣަރަގުވެގެންދާ ޖަމާޢަތަކަށް ވާތަން ބަލާކަށް ދިވެހިރާއްޖެ ބޭނުން ނުވާކަން ފާހަގަ ކުރެއްވި. އަދި އިސްރާއީލުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކުރެއްވި
746 ދުވަސް ކުރިން - 00:02
ރައީސުލްޖުމްހޫރިއްޔާގެ މި ތަޤުރީރުގައި، ފަލަސްތީނުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލެއްވި. މިކަމަކީ ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރަމުން އަންނަ ކަމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި.
746 ދުވަސް ކުރިން - 00:01
ރައީސް މުޢިއްޒު ވިދާޅުވީ، 2040 ވަނަ އަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ އަހަރު ކަމަށާއި، އެ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް
746 ދުވަސް ކުރިން - 23:31
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޑރ. ހަރީނީގެ ލީޑަރޝިޕްގެ ދަށުން ސްރީލަންކާއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް. މީގެ އިތުރުން، ގަރުނުތަކެއް ވަންދެން ދެމިގެން އައިސްފައިވާ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި.
746 ދުވަސް ކުރިން - 21:48
މި ބައްދަލުވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި، ކުރިމަތިވާ ދަތި މައްސަލަތައް ނައިބު ރައީސްއާ ހިއްސާކުރެއްވި. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނޭ.
746 ދުވަސް ކުރިން - 21:45
މި ހާދިސާއާ ގުޅިގެން އެންއައިސީން އެކްސް (ކުރީީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާފުށީ ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހި ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކޮމިޝަނުގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް.
746 ދުވަސް ކުރިން - 19:48
މި އަހަރު ސްކޮލަޝިޕްގެ ފުރުސަތުދޭ ހަތަރު ދާއިރާއަކީ ޑޮކްޓަރީކަން (މެޑިސިން)، އެއާކްރާފްޓް އިންޖިނިއަރިންގ، ނޫސްވެރިކަން، އަދި ފަންނީ ކެއްކުމުގެ ދާއިރާ. މިއިން ކޮންމެ ދާއިރާއަކަށް ވަކި ސްކޮލަޝިޕް ޕްރޮގްރާމެއް ފަރުމާ ކޮށްފައިވާކަން ދަ ނޯޓިލަސް ފައުންޑޭޝަނުން މައުލޫމާތުދޭ.
746 ދުވަސް ކުރިން - 19:21
މި މަޝްރޫޢުގެ މަޤްޞަދަކީ މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުން ކަމަށާއި، މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ފާހަގަކުރެއްވި.
746 ދުވަސް ކުރިން - 19:11
މި މައްސަލައާ ގުޅިގެން ހައްޔރު ކުރީ 30 އަހަރުގެ ބިދޭސީއެއް ކަމަށްވާ ރަސުލް އުލާ ރިދޯއީ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރެވުނު ކަމަށް ފުލުހުން ބުނި. އެ މުއްދަތު ހަމަވުމާ ގުޅިގެން އަނެއްކާވެސް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި.
746 ދުވަސް ކުރިން - 19:01
މުޅި ދުނިޔޭގެ ހަގީގީ އެހީތެރިކަން ބޭނުންވެފައިވާ ފަލަސްތީނުގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްފުޅަކީ މުޅި އިސްލާމީ އުންމަތުގެ ހައްގުގައި ކުރައްވާ އަދި މުޅި އިންސާނިއްޔަތަށް ނަމޫނާ މަސައްކަތްޕުޅެއް ކަމަށް ޝަރީފް ވިދާޅުވި
746 ދުވަސް ކުރިން - 18:49
މުޅި ދުނިޔޭގެ ހަގީގީ އެހީތެރިކަން ބޭނުންވެފައިވާ ފަލަސްތީނުގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްފުޅަކީ މުޅި އިސްލާމީ އުންމަތުގެ ހައްގުގައި ކުރައްވާ އަދި މުޅި އިންސާނިއްޔަތަށް ނަމޫނާ މަސައްކަތްޕުޅެއް ކަމަށް ޝަރީފް ވިދާޅުވި
746 ދުވަސް ކުރިން - 18:49