ކަސްޓަމްސްގެ އާންމު ޤަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު ދުންފަތުގެ އުފެއްދުންތަކަށް ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލުމާއި، ޝިޕް ސްޓޯރސްގެ ގޮތުގައި ދުންފަތުގެ ބާވަތްތައް އެތެރެކުރުން މަނާކުރުން ފަދަ ބަދަލުތަކެއް ވަނީ ގެނެސްފަ.
705 ދުވަސް ކުރިން - 17:33
މޫސާ ޢަލީ ޖަލީލަށް މާދަމާރޭ މި ޝަރަފު ދެއްވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން.
705 ދުވަސް ކުރިން - 15:17
މޭޔަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން. ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރެއްވުމާއެކު ހުޅުމާލެއިން ބިމެއް ހަމަޖައްސަވައި ރައީސް ޑރ. މުޢިއްޒު މިވަނީ މައްސަލަ ހައްލުކޮށްދެއްވާފައި.
705 ދުވަސް ކުރިން - 14:58
މިދިޔަ ސަރުކާރު ނިމުނުއިރު އެސަރުކާރުން އުފެއްދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅުނު ގިނަ މައްސަލަތަކުގައި އިންސާފު ހޯދައިދީފައިނުވާ ކަމަށާއި ނުނިމި ހުރި ގިނަމައްސަލަތަކަށް މިސަރުކާރުން ދަނީ އިންސާފު ހޯދައިދެވޭތޯ މަސައްކތް ކުރަމުން.
705 ދުވަސް ކުރިން - 11:09
ޢަދަދު ނޫހަށް އެވޯޑް ދިނީ ދޮގު މަޢުލޫމާތު ހިމެނޭ، ނޫސްވެރިކަމުގެ މިންގަނޑުތަކާއި މުޅިން ޚިލާފަށް. ފަނޑިޔާރުންނަށްވެސް ސިއްރުކޮށް، ކުރީގެ އުޞޫލުތަކާއިވެސް ޚިލާފަށް. ފަނޑިޔާރުން ދީފައިވާ މާކުސް ސީލްކޮށް މިނިވަން އޮޑިޓް ފާމަކާއި ޙަވާޅުވެސް ނުކުރޭ.
705 ދުވަސް ކުރިން - 10:13
ދެމަފިރިން އެކަނި ދިރިއުޅޭ ކުޅުދުއްފުށީ ސަމޭދާން ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ބައިގަޑިއެއްހާ އިރުތެރޭ ނިއްވާލި.
706 ދުވަސް ކުރިން - 00:46
ޓީވީގައި މަސައްކަތްކުރާތާ 30 އަހަރު ވެފައިވާ މުޞްޠަފާ ޕީއެސްއެމްއިން ބުރާސްފަތި ދުވަހު ވަކިކުރަން އެކުންފުނީގެ ބޯޑުން ނިންމީ މީޑިއާ ކައުންސިލްގެ 11ވަނަ އެވޯޑް ނައިޓުގައި ޕީއެސްއެމްގެ އެޑިޓޯރިއަލާއި ޚިލާފު ކޮންޓެންޓެއް ގެނެސްދިން މައްސަލައިގަ.
706 ދުވަސް ކުރިން - 23:53
'ޚުލާސާ'ގެ ނޫސް ޕްލެޓްފޯމްތަކަށް ކިޔުންތެރިން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މި ގިވްއަވޭގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ @a_r_u_k_k_o ނަމަކަށް އިންސްޓަގްރާމްގައި ޖަހާފައިވާ ފަރާތެއް.
706 ދުވަސް ކުރިން - 23:09
9 ނޮވެމްބަރު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު 24 ނޮވެމްބަރު 2024 އަށް ފަސްކުރި އިރު އެ ޕާޓީން ބުނީ އިތުރު މަޢުލޫމާތު 10 ނޮވެމްބަރުގައި އާންމުކުރާނެ ކަމަށް.
706 ދުވަސް ކުރިން - 21:48
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1200 ޑޮލަރަށް އިތުރުކުރުމަށް ބީއެމްއެލްއިން ތައާރަފްކުރި މި ޕޯޓަލްގައި ރަޖިސްޓަރީވުމަށް ބޭނުންވާނީ ޕާސްޕޯޓް، ސްޓޫޑަންޓް ވިސާ އަދި ޔުނިވަރސިޓީ އެންރޯލްމަންޓް ލެޓަރ.
706 ދުވަސް ކުރިން - 21:42
ނޮވެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ހިޓާޗީ، މަކިޓާ، ނިޕޯން ޕެއިންޓް ފަދަ ބްރޭންޑްތަކުގެ ތަކެތި ހިމެނޭ، 80% އާ ހަމައަށް ޑިސްކައުންޓް ލިބޭ "ހުސްވީމަ ހުސްވީ" ވެއަރހައުސް ސޭލެއް އެސްޓީއޯއިން މިއަދު ފަށައިފި.
706 ދުވަސް ކުރިން - 21:33
މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 497.41 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެއް. ތިންވަނަ ކުއާޓަރގައި ކުންފުނި ހިންގައިގެން 12.67 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވޭ.
706 ދުވަސް ކުރިން - 21:24