ކުޅުދުއްފުށި ސިޓީ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، އަނދައިފިއެވެ. މިހާދިސާ ހިނގީ މިރޭ 21:00 ހާއިރުއެވެ. މި ހާދިސާ ހިނގި ގެއަކީ އެރަށު "ސަމޭދާން" އެވެ.
ދެމަފިރިން އެކަނި ދިރިއުޅޭ ސަމޭދާންގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގޭއިރު މި ހާދިސާގައި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައި ނުވާއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ ފައިޓަރ ރެސްކިޔު ޓީމުން ވަނީ ގާތްގަނޑަކަށް ބައިގަޑިއިރުތެރޭގައި އަލިފާން ނިއްވާލާފައެވެ.

ކުޅުދުއްފުށި ސިޓީގެ 'ސަމޭދާން' ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން



