އެސްޓީއޯއިން "ހުސްވީމަ ހުސްވީ" ގެ ނަމުގައި ބާއްވާ ވެއަރހައުސް ސޭލް މިއަދު ފަށައިފިއެވެ. މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި 80% އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯ ހެޑް އޮފީސް ގޯތިތެރޭގައި ބާއްވާ މި ސޭލްގައި ހިޓާޗީ، މަކިޓާ، ނިޕޯން ޕެއިންޓް، ރެމިންގްޓަން އަދި ރަސްލް ހޮބްސް ފަދަ ބްރޭންޑްތަކުގެ ތަކެތި ހިމެނެއެވެ. ޚާއްޞަކޮށް ބަދިގެ ތެރޭގައި ބޭނުންކުރާ ތަފާތު ގިނަ ބާވަތްތަކުގެ އައިޓަމްތަކަށް ބޮޑެތި ޑިސްކައުންޓްތަކެއް ދޭނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.
ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން ނޮވެމްބަރު 4ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 11 އަށެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި 500 ރުފިޔާއިން މަތިން ގަންނަ ކޮންމެ ފަރާތަކަށް ކޫޕަނެއް ދޭނެއެވެ. އަދި ކޮންމެ ރެއަކު ނަސީބުވެރިއަކު ހޮވުމުގެ އިތުރުން، ސޭލް ނިމުމުން ބޮޑު އިނާމެއް ދިނުމަށްޓަކައި ގުރުއަތުލުމެއް ބާއްވާނެއެވެ.









