އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ ގުޅިލާމެހިފައިވާ، ދިވެހިރާއްޖޭގެ އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ ރޭވުމުގެ ބައެއް.
696 ދުވަސް ކުރިން - 17:34
އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މިދިޔަ ޖޫން މަހުގެ 2 ގައި.
696 ދުވަސް ކުރިން - 17:27
މައްސަލައިގެ ތަހުޤީޤަށް ހާޒިރުވުމަށް ފުލުހުން ޢިއުލާނުކޮށްފައިވަނީ އިސްމާޢީލް ރަޝީދު ޝާވިން، ދާރުލްޤަރާރު / މާލެ (36އ) ހޯދުމަށް. ހާޒިރުކުރެވޭ ހައިސިއްޔަތުގެ ގޮތުގައި ފުލުހުންގެ ޢިއުލާނުގައި ބުނެފައިވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް.
696 ދުވަސް ކުރިން - 17:15
ސަރުކާރުން މިފައިން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށިތާ ފަސް އަހަރު ފަހުން. އެގޮތުން މި މަހުގެ ތެރޭގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެ ކަމަށް ސަރުކާރުން ބުނި.
696 ދުވަސް ކުރިން - 17:00
ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އެމްއައިބީން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޣިޔާސުއްދީން ސްކޫލްގެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިކަމަށް އެ ބޭންކުން ބުނި.
696 ދުވަސް ކުރިން - 16:45
ރަސްމާލެ ހިއްކާ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަކި ސަރަޙައްދުތަކަކަށް ކަނޑައަޅާއިގެން. އެގޮތުން މިހާރު ހިއްކަން ފަށާފައިވަނީ ސަރަހައްދު އެފް.
696 ދުވަސް ކުރިން - 15:12
ރައީސް ޔާމީން ވިދާޅުވީ ޖަލުން ނުނިކުންނާނެކަން ކަށަވަރު ކުރުމަށާއި ގެއަށް ބަދަލު ކުރުމަށް ދެކޮޅު ހެއްދެވީ ރައީސް ޑރ. މުޢިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް.
696 ދުވަސް ކުރިން - 15:01
ފިއުލް ހެޖިންއަކީ ވަކި މުއްދަތަކަށް، ދެފަރާތުން އެއްބަސްވާ ވަކި އަގެއްގައި ތެޔޮ ގަތުމަށް ވެވޭ އެއްބަސްވުމެއް. އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ޚަރަދުތަކަށް މިއަހަރުގެ ބަޖެޓުގައިވެސް 108 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކޮށްލެވޭ.
696 ދުވަސް ކުރިން - 13:43
ރާއްޖެ އަންނަ 18 އަހަރުން މަތީގެ ފަތުރުވެރިންގެ ތެރެއިން 18 އަހަރުން މަތީގެ ފަރާތްތަކަށް 200 ސިނގިރޭޓާއި ހަމައަށް، ނުވަތަ 25 ސިގާސް ނުވަތަ 250 ގްރާމް ޓޮބޭކޯ އެތެރެކުރެވޭނެކަމަށް ކަސްޓަމްސް އިން ބުނި.
696 ދުވަސް ކުރިން - 13:24
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައި.
696 ދުވަސް ކުރިން - 13:19
ހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4,000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢިއުލާންކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވި.
696 ދުވަސް ކުރިން - 13:15
މިއަހަރު ކޮޕްގެ ޝިޢާރަކީ "އިން ސޮލިޑޭރިޓީ ފޯރ އަ ގްރީން ވޯލްޑް". ކޮޕް 29 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައި.
696 ދުވަސް ކުރިން - 13:04