ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ސަރުކާރުން ނިންމައިފި

އަައިޝަތު ޒީނާ | 341 ދުވަސް ކުރިން - 10 ނޮވެންބަރު 2024 17:00
ސަރުކާރުން ނިންމާފައިވަނީ މި މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް. / ފޮޓޯ: ޚުލާސާ
ސަރުކާރުން ނިންމާފައިވަނީ މި މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ސަރުކާރުން މިފައިން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށިތާ ފަސް އަހަރު ފަހުން. އެގޮތުން މި މަހުގެ ތެރޭގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެ ކަމަށް ސަރުކާރުން ބުނި.

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިފައިން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށިތާ ފަސް އަހަރު ފަހުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް ސަމިޓަށް އަޒަރުބައިޖާނަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހުއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޢިމާރާތްކޮށްފައިވާ 25 ބުރީގެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައިވެސް ތާރީޚުތަކެއް ވަނީ ދީފައެވެ. ނަމަވެސް އެ ޕާޓީން ދަރުމަވަންތަ ހޮސްޕިޓަލް ސިފަކޮށްފައިވަނީ "ކޮރަޕްޝަނުގެ ބިނާ" އެއްގެ ގޮތުގައެވެ. އެއާއެކު 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ހޮސްޕިޓަލް ބޭނުންކުރަން ފަށާފައިވަނީ ރަސްމީކޮށް ނުހުޅުވައެވެ.

މާލެ ސަރަޙައްދުގެ ހޮސްޕިޓަލް ގްރޫޕުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ އިބްރާހިމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލް ނިންމިތާ އަހަރުތަކެއް ވީ ނަމަވެސް އެތަނުގެ ބޭނުން އަދިވެސް ފުރިހަމައަށް ނުކުރާ ކަމަށެވެ. އެގޮތުން މުވައްޒަފުންނާއި ބައެއް ޢާލާތްތަކުގެ ދަތިކަމުގެ ސަބަބުން ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފްލޯއިން 19 ވަނަ ފްލޯއާ ހަމައަށް ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އޭރުވެސް ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ދަރުމަވަންތަ ހޮސްޕިޓަލް ފުލް ފަންކްޝަނަށް ގެނައުން ކަމަށާއި މިހާރު ޚިދުމަތް ނުލިބޭ ފްލޯތަކުގައި ޚިދުމަތް ދޭން ފެށުން ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގެ 17 ވަނަ ފްލޯގައި 16 އެނދުގެ އެންއައިސީޔޫ އާއި ހަ އެނދުގެ ޑެލިވަރީ ސުއިޓް އަދި 18 އާއި 19 ވަނަ ފްލޯގައި ވެސް 14 އެނދު ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%