Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަރުމަވަންތައިން އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ

ދަރުމަވަންތައިން އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ

އައިޝަތު ރުވާ ރިފްޢަތު
251 ދުވަސް ކުރިން - 7 ޖެނުއަރީ 2026 23:17
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފާޓިލިޓީ ސެންޓަރު---
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުންނަ ނެޝަނަލް ފާޓިލިޓީ ސެންޓަރު---
ޚުލާސާ

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެއް.

ދަރުމަވަންތަ ހޮސްޕިޓަލުން އައިވީއެފް ފުރިހަމަކުރި ދެމަފިރިއަކަށް ފުރަތަމަ ފަހަރަށް ދަރިއަކު ލިބިއްޖެ އެވެ.

އެ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރު މެދުވެރިކޮށް އައިވީއެފްގެ ފަރުވާއާއެކު ކާމިޔާބުކަމާއެކު ދެމަފިރިއަކަށް ދަރިއަކު ލިބުން ފާހަގަކޮށް އެކަމުގެ އުފަލުގައި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވީ އެއީ ތާރީހީ ކާމިޔާބީއެއް ކަމަށާއި، ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލިބޭ އުންމީދެއް ކަމަށެވެ.

Advertisement

Advertisement 1

މި ކާމިޔާބީގެ ފަހަތުގައިވާ ޓީމަށް ސީއީއޯ ހަލީމް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. ހަލީމް އިތުރަށް ވިދާޅުވީ މި ހިދުމަތް ހޯދުމަށްޓަކައި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް މާލީ ގޮތުން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ދިވެހި އާއިލާތަކުން އުފުލަމުން ދިޔަ ބޮޑު ތަކުލީފެއް ކަމަށާއި މިކަމަށް ހައްލެއް ގެނެސްދެއްވީތީ ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ހިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން 2024 ވަނަ އަހަރު ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑުން އައިވިއެފްގެ ފަރުވާ އަށް 4.78 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ޖުމްލަ 7.13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި އެހީގެ ދަށުން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބު ކަމަށް އެންސްޕާއިން ފާހަގަކޮށްފައިވެ އެވެ.

ދަރުމަވަންތަ އިން އައިވީއެފްގެ ފަރުވާ ހޯދުމަށް ނިމިދިޔަ އަހަރު ވަނީ 50 ފަރާތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. މިކަމަށް އެދި ހުށަހަޅަން ހުޅުވާލީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށެވެ.

ސިއްހަތުދަރުމަވަންތަ ހޮސްޕިޓަލްއަބްދުއްރައްޒާގު ހަލީމްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި އޮގަސްޓް މަހު 58.4 މިލިއަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮގަސްޓް މަހު 58 މިލިއަން ދޫކޮށްފި

19 ގަޑިއިރު ކުރިން - 15:39

ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވާލައި، ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

21 ގަޑިއިރު ކުރިން - 14:12

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

23 ގަޑިއިރު ކުރިން - 11:34

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

1 ދުވަސް ކުރިން - 23:46

ވަގުފުތަކާއި މިސްކިތްތައް ބެލެހެއްޓުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ރައީސް ކުންފުންޏެއް އުފައްދަވައިފި

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

2 ދުވަސް ކުރިން - 12:23

ގައުމު ސަލާމަތްކުރެވޭނީ އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން: ރައީސް

ގައުމު ސަލާމަތްކުރެވޭނީ އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން: ރައީސް

2 ދުވަސް ކުރިން - 12:20