Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދަރުމަވަންތަ އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރަން ޕީޖީ އަށް ހުށަހަޅައިފި

ދަރުމަވަންތަ އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ރިޝްވާނަށް ދައުވާކުރަން ޕީޖީ އަށް ހުށަހަޅައިފި

މުހައްމަދު ޖަމްޝަތު
228 ދުވަސް ކުރިން - 24 ޖެނުއަރީ 2026 12:34
ރިޝްވާނަށް ކޮރަޕްޝަނުގެ ތުހުމަތު އޭރުވެސް މިހާރުވެސް ދަނީ އަމާޒު ވަމުން. ދައުވާ ކުރަން އެދި ޕީޖީ އަށް އޭސީސީން ވަނީ ފޮނުވާފައި---ޚުލާސާ ގްރެޕިކްސް
ރިޝްވާނަށް ކޮރަޕްޝަނުގެ ތުހުމަތު އޭރުވެސް މިހާރުވެސް ދަނީ އަމާޒު ވަމުން. ދައުވާ ކުރަން އެދި ޕީޖީ އަށް އޭސީސީން ވަނީ ފޮނުވާފައި---ޚުލާސާ ގްރެޕިކްސް
ޚުލާސާ

މި މައްސަލަ މިހާރު އޮތީ ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަންގައި. ޕީޖީން މައްސަލަ ބަލައިގަންނާނީ ޑިއުޓީ ޕްރޮސެކިއުޝަނުން ނިންމާ ގޮތެއްގެ މައްޗަށް

ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރަން ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއްގައި އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މިހާރު ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކުރަން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރިޝްވާންގެ މައްޗަށް ދައުވާކުރުމާ މެދު އަދި ޕީޖީ އޮފީހުން ގޮތެއް ނިންމާފައެއް ނުވެއެވެ. އެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގަ އެވެ. ޑިއުޓީ ޕްރޮސެކިއުޝަނަކީ ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާތަކުން ދައުވާކުރަން ޕީޖީ އޮފީހަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ކުރިން ކުރިއަށްގެންދާ މަރުހަލާ އެވެ.

މިކަމާ ގުޅިގެން އޭސީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން އެ ކޮމިޝަނުން ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް ރިޝްވާންގެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަނަށް އަންގާރަ ދުވަހު ލިބިފައިވާކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕީޖީ އޮފީހުން ބުނީ އޭސީސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައި އޮތީ އައިޖީއެމްއެޗްގެ 25 ބުރި އިމާރާތާ ގުޅޭ މައްސަލައެއް ކަަމަށެވެ.

Advertisement

Advertisement 1

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ބީލަމަށް ނުލައި ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމުގެ މައްސަލަތަކެއް އޭސީސީން އޭރުވެސް ބެލި އެވެ. ނަމަވެސް 2017 ވަނަ އަހަރު އޭސީސީގެ ކުރީގެ މެމްބަރުން ވަނީ ދަރުމަވަންތަށް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މައްސަލައިގައި ކޮރަޕްޝަން ނެތްކަމަށް ނިންމައި އެ މައްސަލަ ފައިލްކޮށްފަ އެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ އިމާރާތެއް އަޅަން ހޭދަވާނީ 40 މިލިއަނެއްހާ ޑޮލަރުގައި ކަމަށެވެ. އެ މަސައްކަތް 53 މިލިއަން ޑޮލަރަށް ނިންމައިދިނުމަށް ޗައިނާގެ ހާބަ އިންޖިނިއަރިން ކުންފުނިން ސަރުކާރަށް ހުށަހަޅާފައިވަނިކޮށް އެ މަސައްކަތް ހަވާލުކުރީ 143 މިލިއަން ޑޮލަރަށް ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ.

ބިޑަކާއި ނުލައި މިހާ އަގުބޮޑުކޮށް އެ މަސައްކަތް ހަވާލުކުރީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ރިޝްވާން ހުންނެވި ދުވަސްވަރު އެވެ. މާކެޓު ރޭޓަށްވުރެ އެތައްގުނައެއް ބޮޑުކޮށް ހެދި އިމާރާތް ނިންމައި އެތަނަށް ބޭނުންވާ އެންމެ ޒަމާނީ އިކުއިޕްމެންޓް ހޯދުމުހެ ނަމުގައި އެކު ޖުމްލަ 220 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްފައިވާކަމަށް ބެލެވޭއިރު ފުރަތަމަ ގެނެސްފައި ހުރީވެސް އައުޓްޑޭޓްވެފައި ހުރި އިކުއިޕްމަންޓުތައް ކަމަށް ނިމިދިޔަ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އިމާރާތްކޮށްފައި ހުރީވެސް އެންމެ އެކަށޭނެ ގޮތަކަށް ނޫންކަމަށާއި އެހެންވެ އިމާރާތުގެ ދޮރުތައްވެސް އަލުން ބަދަލުކުރަންޖެހުނު ކަމަށް މިދިޔަ ސަރުކާރުން ވަނީ ބުނެފަ އެވެ.

ރިޝްވާނަކީ މީގެ ކުރިން ސިފައިންގެ ވަޒީފާއާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެެއް ވެސް މެއެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވުމަށް ފަހު، އޭނާ ރިޓަޔާކުރެއްވީ 2012 ވަނަ އަހަރު އެވެ. ރިޝްވާން އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވީ ޔާމީންގެ ވެރިކަމުގެ ފަހުކޮޅެވެ. އޭގެ ފަހުން އަމިއްލަ ކުންފުންޏެއްގެ އިސް މަގާމެއް ފުރުއްވުމަށް ފަހު، އެމްޕީއެލްގެ ސީއީއޯ ކަމާ ހަވާލުވީ މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. އެމްޕީއެލް އާ ހަވާލުވުމަށްފަހު އެތަނުންވެސް ކޮރަޕްޝަނުގެ އަމަލުތައް އޭނާ ހިންގާ ކަމަށް ގިނަ ބަޔަކު މިހާރުވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

15 ދުވަސް ކުރިން - 11:16

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

36 ދުވަސް ކުރިން - 00:57

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

37 ދުވަސް ކުރިން - 14:32

ރޮބޮޓް ބޭނުންކޮށްގެން އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެ

ރޮބޮޓް ބޭނުންކޮށްގެން އޮޕަރޭޝަން ކުރަން އައިޖީއެމްއެޗުން ތައްޔާރުވެއްޖެ

41 ދުވަސް ކުރިން - 10:53

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

53 ދުވަސް ކުރިން - 05:40

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%