Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަވަހަށް އެޕްލައި ކުރޭ! އައިޖީއެމް ހޮސްޕިޓަލުން 12،000 ރުފިޔާގެ 40 ވަޒީފާ އިއުލާނު ކޮށްފި

އަވަހަށް އެޕްލައި ކުރޭ! އައިޖީއެމް ހޮސްޕިޓަލުން 12،000 ރުފިޔާގެ 40 ވަޒީފާ އިއުލާނު ކޮށްފި

އައިޝަތު ރުވާ ރިފްޢަތު
282 ދުވަސް ކުރިން - 16 އޮކްޓޫބަރު 2025 22:18
އައިޖީއެމްއެޗް ގެ ދަރުމަވަންތަ ބިލިޑިންގ. - ފޮޓޯ: ޚުލާސާ
އައިޖީއެމްއެޗް ގެ ދަރުމަވަންތަ ބިލިޑިންގ. - ފޮޓޯ: ޚުލާސާ
ޚުލާސާ

އައިޖީއެމް ހޮސްޕިޓަލުން އިއުލާން ކޮށްފައިވަނީ "ބަލިމީހުންނަށް މަރުހަބާ" ކިޔާ ވަޒީފާ. ވަޒީފާއަށް އެދި ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ 21 އޮކްޓޫބަރަށް.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުގެ މަގާމުގެ 40 ވަޒީފާ މިއަދު އިއުލާން ކޮށްފި އެވެ.

ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރ ގެ މަގާމަކީ އެ ހޮސްޕިޓަލަށް ޒިޔާޒަތްކުރާ ބަލި މީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގުދެއްކުމުގެ ބޭނުމުގައި އުފައްދާފައިވާ މަގާމެކެވެ. އައިޖީއެމްއެޗް އިން ނެރެފައިވާ އިއުލާނުގައި ވާގޮތުން މުސާރައިގެ ގޮތުގައި މި މަގާމުގައި 12،000 ރުފިޔާ ލިބޭނެ އެވެ.

Advertisement

Advertisement 1

މިފަދަ މަގާމެއް މި ހޮސްޕިޓަލުން އުފެއްދި މައިގަނޑު ސަބަބަކީ އެ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ބަލިމީހުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ. މި އަހަރު ޖުލައި މަހު އުފެއްދި މި މަގާމަށް އެންމެ ފުރަތަމަ ނަގާފައިވަނީ 55 މުވައްޒަފުންނެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އޮކްޓޫބަރު 21 ގެ 13:00 އަށް ހަމަވާއިރު މައިގަނޑު މަސްއޫލިއްޔަތުތަކަކީ؛

  1. ހޮސްޕިޓަލަށް ޒިޔާރަތްކުރާ ބަލިމީހުންނާއި އެހީތެރިންނަށް މަރުހަބާ ކިޔުމާއި މަގުދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  2. ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި ހައްލުކޮށްދިނުން.
  3. ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެންމެ ފުރިހަމައަށް މައުލޫމާތު ފޯރުކޮށްދިނުން.
  4. ހޮސްޕިޓަލުގައި މަސައްކަތްކުރާ އިރު، މާހައުލާއި ހިދުމަތުގެ ފެންވަރު ރަނގަޅަށް ބެލެހެއްޓުުމަށް މަސައްކަތް ކުރުން.
  5. އެކިއެކު ފަރާތްތަކުގެ ހިޔާލު އެއްކުރުމާއި ތަޖުރިާތައް މޮނިޓަރކުރުން.
  6. އޯގާތެރިކަމާއި، ހަމްދަރުދީވުމާއި އަދި ހިނިތުންވުމާއެކު މުއާމަލާތްކުރުން.
  7. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމުގެ ގޮތުން މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

މަގާމުގެ މައިގަނޑު ޝަރުތަކީ ގްރޭޑް 10 ނިންމާފައިވުމެވެ. އަދި ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގެ ގޮތުން ބަލާނެ ކަންކަމަކީ؛

  1. މަގާމުގެ މަސައްކަތާ ގުޅޭގޮތުން ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ
  3. މަގާމުގެ މަސައްކަތައް ބޭނުންވާ ހުނަރާއި، ފެންވަރާއި، ގާބިލުކަމާއި އެހެނިހެން ސިފަތައް

މި ވަޒީފާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ވަޒާފާ އަށް އެދޭ ފޯމާއި، ސީވީ އާއި، އައިޑީ ކާޑާއި، ތައުލީމު ސެޓްފިކެޓުތައް އަދި ތަޖުރިބާގެ ސިޓީތައް އެއް ފައިލެއްގެ ގޮތުގައި ފޮނުވާނީ؛ hr@dharumavantha.gov.mv

އައިޖީއެމްއެޗްދަރުމަވަންތަ ހޮސްޕިޓަލްވަޒީފާގެ ފުރުސަތު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި

15 ދުވަސް ކުރިން - 16:38

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް ގާއިމްކޮށްފި

ހިމަބިއްސަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ޚާއްޞަ ޑެސްކެއް!

63 ދުވަސް ކުރިން - 23:08

އައިޖީއެމްއެޗް އޯޕީޑީ ސަރަހައްދުގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

އައިޖީއެމްއެޗްގައި ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ ހުޅުވައިފި

67 ދުވަސް ކުރިން - 13:35

ދިގުރަށު އަލިފާނުގެ ހާދިސާގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ބަނގުލަދޭޝަށް ގެންދަނީ

އަލިފާނުގައި މަރުވި 2ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލަނީ

132 ދުވަސް ކުރިން - 15:42

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި ފަށައިފި

ނިއުރޯ ސާޖަރީއާ ގުޅޭ އާ ހިދުމަތެއް އައިޖީއެމްއެޗްގައި

140 ދުވަސް ކުރިން - 14:00

ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާހު ކޮށްފި

ނެޝަނަލް ސެންޓާފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް އިފްތިތާހުކޮށްފި

165 ދުވަސް ކުރިން - 19:46