އައިޖީއެމްއެޗުން ދެމުން އަންނަ ބައެއް ހިދުމަތްތައް މާދަމާއިން ފެށިގެން، ވަގުތީ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރަން ނިންމައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މި ގެންނަ ބަދަލުތަކުގެ ތަފުސީލު އާންމުކޮށްފަ އެވެ.
ވަގުތީ ގޮތުން މި ބަދަލު ގެންނަނީ އެ ހޮސްޕިޓަލުގެ 11 ފަންގިފިލާގެ އިމާރާތް (ހިޔަލަވިންގު)ގެ ބައެއް ފަންގިފިލާތަކުގައި ކުރަން ޖެހޭ އެކިއެކި މަސައްކަތްތައް ކުރުމަށް މާދަމާއިން ފެށިގެން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ މަސައްކަތްތައް ނިމެންދެން ހިޔަލަ ވިންގުގެ 3، 4، 5، 6 އަދި 9 ވަނަ ފަންގިފިލާއިން ދެމުން އައި ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ އެކި ފަންގިފިލާތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.