ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުޤީޤަށް ހާޒިރުވުމަށް މީހަކު ހޯދަން ޢިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުޤީޤުކުރަމުންދާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީޤަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ޖިނާއީ މައްސަލަތައް ތަހުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުޤީޤަށް ހާޒިރުވުމަށް އަންގައި ޢިއުލާނުކުރަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތަހުޤީޤަށް ހާޒިރުވުމަށް ފުލުހުން ޢިއުލާނުކޮށްފައިވަނީ އިސްމާޢީލް ރަޝީދު ޝާވިން، ދާރުލްޤަރާރު / މާލެ (36އ) ހޯދުމަށެވެ.
ހާޒިރުކުރެވޭ ހައިސިއްޔަތުގެ ގޮތުގައި ފުލުހުންގެ ޢިއުލާނުގައި ބުނެފައިވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
ފުލުހުން ޢިއުލާނުކޮށްފައިވަނީ އޭނާ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މި މަހުގެ 17 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހާޒިރުވުމަށެވެ.









