އެމްއައިބީން ކުޑަގިރީގައި 1000 ގަސް އިންދައިފި

އަައިޝަތު ޒީނާ | 343 ދުވަސް ކުރިން - 10 ނޮވެންބަރު 2024 16:45
އެމްއައިބީން ބޭއްވި ގަސް އިންދުމުގެ ހަރަކާތުގައި އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވާހަކަދައްކަވަނީ.
އެމްއައިބީން ބޭއްވި ގަސް އިންދުމުގެ ހަރަކާތުގައި އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވާހަކަދައްކަވަނީ.
ޚުލާސާ

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އެމްއައިބީން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޣިޔާސުއްދީން ސްކޫލްގެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިކަމަށް އެ ބޭންކުން ބުނި.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުޑަގިރީގައި 1000 ގަސް އިންދައިފިއެވެ.

މި މަސައްކަތަކީ ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އެ ބޭންކުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

ކްލީން މޯލްޑިވްސް ޖަމިއްޔާއިން މި ހަރަކާތް ރާވާ އިންތިޒާމްކުރުމުގައި ބައިވެރިވިއިރު، މި ހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ އެޗްޑީސީ، އެމްޓީސީސީ، އޭޝިއާ ފޯވަޑިން އައިކެއާ، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މި ހަރަކާތުގައި ޣިޔާސުއްދީން ސްކޫލްގެ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވިކަމަށް އެމްއައިބީން ބުންޏެވެ.

މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީއެވެ. މި ހަރަކާތް ފައްޓަވައިދެއްވާ ހުމްރީ ވަނީ ތިމާވެށި ހިމާޔަތް ކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ކުރިއަށްދިއުމަށް މި ހަރަކާތުގެ ބައިވެރިންނަށް ނަސޭހަތްތެރިވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%