ފަތުރުވެރިންނަށް 200 ސިނގިރޭޓް ރާއްޖެ އެތެރެކުރެވޭނެ: ކަސްޓަމްސް

މަރްޔަމް ޝަހުދާ | 343 ދުވަސް ކުރިން - 10 ނޮވެންބަރު 2024 13:24
ޚުލާސާ

ރާއްޖެ އަންނަ 18 އަހަރުން މަތީގެ ފަތުރުވެރިންގެ ތެރެއިން 18 އަހަރުން މަތީގެ ފަރާތްތަކަށް 200 ސިނގިރޭޓާއި ހަމައަށް، ނުވަތަ 25 ސިގާސް ނުވަތަ 250 ގްރާމް ޓޮބޭކޯ އެތެރެކުރެވޭނެކަމަށް ކަސްޓަމްސް އިން ބުނި.

ޓުއަރިސްޓު ވިސާގައި ރާއްޖެ އަންނަ ފަރާތްތަކަށް އެތެރެ ކުރެވޭނީ 200 ސިނގިރޭޓު ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާއި ބެހޭ ޤަވާޢިދަށް ގެނައި ހަތަރުވަނަ އިސްލާހު އާންމުކޮށް ކަސްޓަމްސް އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، މަދު މިންވަރަކަށް އަމިއްލަ ބޭނުމަށް ރާއްޖެއަށް ސިނގިރޭޓް އެތެރެ ކުރެވޭނީ ހަމައެކަނި ޓުއަރިސްޓް ވިސާގައި ރާއްޖެ އަންނަ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 18 އަހަރުން މަތީގެ ފަރާތްތަކަށް 200 ސިނގިރޭޓާއި ހަމައަށް، ނުވަތަ 25 ސިގާސް ނުވަތަ 250 ގްރާމް ޓޮބޭކޯ އެތެރެކުރެވޭނެ ކަމަށް މި ސާކިއުލާގައި ބުނެފައިވެއެވެ. އަދި މި އަދަދަށްވުރެ އިތުރުވާބައި ކަސްޓަމްސްއިން 30 ދުވަހުގެ މުއްދަތަކަށް ހިފަހައްޓާނެ ކަމަށާއި، ޓުއަރިސްޓުން އަނބުރާ ޤައުމަށް ދާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ފުރުމުގެ ކުރިން އެ ތަކެތި ނެގޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އެ މުއްދަތުގައި އެ ތަކެތި ނުގެންގިސްފިނަމަ އެތަކެތި ނައްތާލާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެ އިތުރުން ފަތުރުވެރިން ނޫން ފަރާތްތަކުން ރާއްޖެ އަންނައިރު ގެންނަ ދުންފަތުގެ ބާވަތްތައް ހެލްތު މިނިސްޓްރީގެ ލޭބަލިންގ ރިކުއަޔަމަންޓަށް ނުފެތޭނަމަ އެތަކެތި ހިފަހައްޓާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%