މިއަހަރު ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2ގައި ސްމާޓް މީޓަރުގެ ޚިދުމަތްދީ، އަންނަ އަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް މި ޚިދުމަތް ލިބި ކަރަންޓު ބިލާއިމެދު އުފެދޭ ޝައްކުތައް ނިމުމަކަށް އަންނާނެ.
686 ދުވަސް ކުރިން - 16:19
މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ބަޖެޓާއި ބެހޭ ގޮތުން ބަހުސް ކުރެއްވި އިރު، މި ބަހުސްގައި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޝަޒީމް ވަނީ ރައީސް މުޢިއްޒަށް ތަޢުރީފް ކުރައްވާފައި.
686 ދުވަސް ކުރިން - 16:09
އަސަދުﷲ ވިދާޅުވީ "ޤައުމު ފުނޑިއްޖެއޭ، ފުދިއްޖެއޭ" ކިޔަމުން އެމްޑީޕީން މަގު މައްޗަށް ނުކުންނަ އިރު، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށް.
686 ދުވަސް ކުރިން - 15:27
ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށް އަދި ކުޑަ ޢަދަދުތަކުން މަޝްރޫޢުތައް ފަށައިފިނަމަ ގިނަ މަޝްރޫޢުތައް ހުންނާނީ ކުރިއަށް ނުގޮސް ކަމަށް ޒަމީރު ވިދާޅުވި.
686 ދުވަސް ކުރިން - 14:51
މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަޤުފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް އީޕޮކް އެސޯސިއޭޓްސް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްފި. އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު.
686 ދުވަސް ކުރިން - 14:39
އަންނަ އަހަރު ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާނީ އިސްކަންދޭ ތަރުތީބުން. އާސަންދައިގެ އިސްރާފު ކުޑަކުރުމުން 500 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ.
686 ދުވަސް ކުރިން - 13:57
2025ގައި މާލެ ސަރަހައްދާއި އަތޮޅުތަކުގެ 41 ރަށެއްގައި ޖުމްލަ 27,940 ހައުސިންގ ޔުނިޓް އިމާރާތްކުރަން ފަށައި، މީގެ ތެރެއިން 12,940 ޔުނިޓް އަތޮޅުތަކުގައި އަދި 15,000 ޔުނިޓް މާލެ ސަރަހައްދުގައި އިމާރާތްކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ.
686 ދުވަސް ކުރިން - 13:52
ޤައުމު ބަނގުރޫޓުނުވެ އަރައިގަތުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީކަމަށާއި، ވެރިކަމާއި ޙަވާލުވުވެވަޑައިގެންނެވިއިރު އިޤްތިޞާދު އޮތީ ހަލާކުގެ އަނދަވަޅެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ..
686 ދުވަސް ކުރިން - 13:23
ކުރީގެ ސަރުކާރުތަކުން މިފަދަ މުހިންމު މަޝްރޫޢެއް ފަށައިގަތުމަށް އިސްނަގާފައި ނުވާއިރު، މި ސަރުކާރުން ޑިޒައިންގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާފަ. އެއްފަހަރާ 400 ކުދިން ބައިތިއްބައިގެން ރިހެބިލިޓޭޓް ކުރެވޭނެ ތަނެއް.
687 ދުވަސް ކުރިން - 12:45
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން މަޢުލޫމާތު ހާމަކުރުމުގައި ކުރިއަރާފައިވާކަމަށް. ނަމަވެސް، ބައެއް މީޑިއާތަކުން ފާހަގަކުރަނީ ސަރުކާރުގެ އިދާރާތަކުން މަޢުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅަން ޖެހިފައިވާކަމަށް.
687 ދުވަސް ކުރިން - 11:33
ބޯކޮށް ވެހުނު ވާރޭގައި މާލެ ފެންބޮޑުވެއްޖެ. މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރުނު.ގަދަ ވައި ޖެހުމުގެ ފުރުޞަތު އޮތްކަމަށް އިންޒާރުދީފި. އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި.
687 ދުވަސް ކުރިން - 10:21
ބޯކޮށް ވެހުނު ވާރޭގައި މާލެ ފެންބޮޑުވެއްޖެ. މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރުނު.ގަދަ ވައި ޖެހުމުގެ ފުރުޞަތު އޮތްކަމަށް އިންޒާރުދީފި. އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި.
687 ދުވަސް ކުރިން - 10:21