Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެންމެ ބޮޑު ކާމިޔާބީ އަކީ ބަނގުރޫޓުވުމުން ރާއްޖެ ސަލާމަތްވުން - ރައީސް

ހުސައިން އިސްމާއިލް
697 ދުވަސް ކުރިން - 18 ނޮވެންބަރު 2024 13:23
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޚުލާސާ
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޚުލާސާ
ޚުލާސާ

ޤައުމު ބަނގުރޫޓުނުވެ އަރައިގަތުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީކަމަށާއި، ވެރިކަމާއި ޙަވާލުވުވެވަޑައިގެންނެވިއިރު އިޤްތިޞާދު އޮތީ ހަލާކުގެ އަނދަވަޅެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ..

ވެރިކަމާއި ޙަވާލުވުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤްތިޞާދު ހަލާކުގެ އަނދަވަޅަކަށް ވައްޓާލަން ނިންމާފައި އޮތް ނަމަވެސް، އެ ޙާލަތަށް ނުގޮސް، ޤައުމު ބަނގުރޫޓުނުވެ، އެކަމުން މިއަދު އަރައިގަނެވިފައި އޮތް ކަމީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 52 ފާހަގަކުރުމުގެ ރަސްމިއްޔާތު" ގައި ޤައުމާ މުޚާޠަބުކުރައްވައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ވެރިކަމާއި ޙަވާލުވެވަޑައިގަތް އިރު، އޭރު ދިވެހިރާއްޖެ އޮތީ 120 ބިލިއަނަށްވުރެ ބޮޑު ދަރަންޏާއި އެކުގައި ކަމަށެވެ. އަދި އިޤްތިޞާދު މެނޭޖު ކުރުމެއް ނެތި، އަދި މެނޭޖުކުރަން ނުވެސް އެނގި، 5 އަހަރު ދުވަހުގެ ތެރޭގައި ޤައުމު ބަނގުރޫޓުކުރަން ރާވާފައި އޮތް ކަމަށެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ޚަރަދުކުރަން ޖެހެނީ ދަރަނި ޚަލާޞްކުރުމަށް ކަމަށާއި، މިއިން ކޮންމެ 100 ރުފިޔާއަކުން 16 ރުފިޔާ ޚަރަދު ކުރަން ޖެހެނީ ހަމަ އެކަނި، ދަރަނީގެ އިންޓްރަސްޓަށް ކަމަށެވެ.

މި ޙާލަތު މިހެން އޮތް ކަމުގައި ވީ ނަމަވެސް، ބަނގުރޫޓުވުން ތަހަންމަލުކުރަން ނުޖެހި، ރާސްތާ ބަދަލުކޮށްލެވިއްޖެކަމަށާއި، މިއީ 52 ހަފުތާގައި ޙާޞިލުކުރެއްވުނު އެންމެ މުހިއްމު ކާމިޔާބުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ތަފާސް ހިސާބުތަކުން ފެންނަން އޮތް ޙަޤީޤަތް ކަމުގައިވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހިނގާ 2024 ވަނަ އަހަރު ނިންމާލަންޖެހިފައި މި އޮތީ، ނިމިދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކުން ފާސްކުރި ބަޖެޓަކާއި އެކުގައި ކަމަށެވެ. އަދި އެ ބަޖެޓަކީ އަދުގެ ސަރުކާރުން ހިންގަން ބޭނުންވި އެއްވެސް މަޝްރޫޢަކަށް ޖާގައެއް ނެތި ފާސްކޮށްފައި އޮތް ބަޖެޓެއް ކަމަށެވެ.

ރޭ އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން މި ބަޖެޓު ފާސްކުރީ، މި ސަރުކާރު ހިންގިޔަ ނުދިނުމުގެ ގަސްތުގައި ކަމަށެވެ. އެހެން ނަމަވެސް، މާލީ ގޮންޖެހުންތަކާއި އެކުގައި ވެސް މި ސަރުކާރުން މަސައްކަތްތަކެއް ކުރައްވާފައި ވާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ހުށަހެޅި ފުރަތަމަ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ބަޖެޓުގެ ތެރެއިން މަސައްކަތްތައް ކުރެވޭ ފުރަތަމަ އަހަރަކީ 2025 ވަނަ އަހަރު ކަމަށެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ 6 ދުވަސް ކުރިން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ޝާއިޢުކުރި ރިޕޯޓަށް އިޝާރާތްކުރައްވައި ވިދާޅުވީ، އެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިގޮސްފައިވާކަން އިޢުލާނުކުރި ކަމަށެވެ. އަދި އެހިސާބުން ބަނގުރޫޓުވުމާއި ހަމަޔަމަޔަށް ދިޔަކަން ރަސްމީކޮށް އިޢުލާނު ކުރެވުނީކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2024 ވަނަ އަހަރުގެ އެޕްރިލް މަހާއި ހަމައަށް ދާއިރު، ދިވެހިރާއްޖެއިން ސޮވްރިން ޑިފޯލްޓް އިޢުލާނުކުރާންޖެހިދާނެ ކަމަށް ދުނިޔޭގެ ހުރިހާ މާލީ އިދާރާއަކުން އަންދާޒާކުރަމުން އައި ކަމަށެވެ. ނަމަވެސް، އެ ޙާލަތަށް ނުގޮސް، ރާއްޖޭގެ އިޤްތިޞާދު އަރައިގަތުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.          

ރައީސް ޑރ. މުހައްމަދު މުއިއްޒުއިގްތިސޯދުހަފްތާ 52
Advertisement
Advertisement

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޙަސަނޤ

696 ދުވަސް ކުރިން - 16:39

މުއިޒް ވަރެއް ނެތް

ގުޅުން ހުރި ޚަބަރުތައް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

ދަނޑުވެރިކަމުން އަމިއްލަ ފުދުންތެރިކަން ހޯދުމަކީ ގައުމީ އިސްތިގުލާލާ ގުޅިފައިވާ ކަމެއް: ރައީސް

1 ދުވަސް ކުރިން - 13:57

ރަސްމާލެ ވޯޓަރފްރޮންޓް މަޝްރޫއާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެ: އަލްއައްބާރު

2 ދުވަސް ކުރިން - 13:33

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

ރަސްމާލެ ވޯޓަރފްރަންޓް މަޝްރޫއުން ދިވެހި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ: އަލްއައްބާރު

5 ދުވަސް ކުރިން - 15:29

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 9 ވަނަ ސެޝަން މިރޭ

5 ދުވަސް ކުރިން - 10:52

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

އަންހެން ކުދިން މުސްތަގްބަލުގެ ލީޑަރުންގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

5 ދުވަސް ކުރިން - 10:45

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

6 ދުވަސް ކުރިން - 15:34