ރޭ ފަތިހުން ފެށިގެން ވެހެމުންދާ ބޯ ވާރޭގެ ސަބަބުން، ވެރިރަށް މާލޭގެ ގިނަ ސަރަހައްދުތަކުގައި ފެން ބޮޑުވެ، ދަތުރުފަތުރު ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ރައްޔިތުން ފާހަގަކުރެއެވެ.
މޫސުމާބެހޭ ޤައުމީ މަރުކަޒުން މިއަދު ހެނދުނު 8:50 އިން މެންދުރުފަހު 1:00 އާ ހަމައަށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓެއް ނެރެފައިވެއެވެ. މި އިންޒާރުގައި ބޯކޮށް ވާރޭވެހި، ގުގުރައި އަދި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތްކަމަށް ބަޔާންކޮށްފައިވެއެވެ.
މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަރާތުން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.








