މިއަހަރުގެ ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 40.4 ބިލިއަން ރުފިޔާ. ޖީއެސްޓީގެ ގޮތުގައި އެކަނިވެސް ދައުލަތަށް މިހާތަނަށް 10 ބިލިއަން ރުފިޔާ ވަނީ ލިބިފަ. މިއީ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް %41.25
74 ދުވަސް ކުރިން - 16:07
މި އޮޕަރޭޝަނަކީ އާންމު ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް ކުރެވުނު މަސައްކަތެކެއް. ކުނި މެނޭޖްކުރުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކޮށް، ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ކޯޕަރޭޝަނުން ވަނީ ދީފަ. އަމާޒަކީ ސާފުތާހިރު، ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުން.
74 ދުވަސް ކުރިން - 10:48
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސައުދާ އަންނަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރުގެ މަޤާމުގެ އިތުރުން، އިޖުތިމާޢީ ކަންކަމާއި ލާމަރުކަޒީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން.
74 ދުވަސް ކުރިން - 22:36
ދިވެހި ކަނޑުމަހަށް ކުރިން ތުރުކީން ނެގީ 60 ޕަސަންޓް ޑިއުޓީ. ރައީސް މުއިއްޒުގެ މަސައްކަތުން މިއަދުން ފެށިގެން އެއްވެސް ޑިއުޓިއެއް ނުނަގާނެ. މިއާއިއެކު މެދުއިރުމައްޗާއި ވިލާތުގެ ބާޒާރުތަކަށް ދިވެހި މަހާއި، އުފެއްދުންތައް ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ.
75 ދުވަސް ކުރިން - 13:23
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގެ އުމުރުން 10 އަހަރުން މަތީގެ އާބާދީގެ ގާތްގަނޑަކަށް 272,000 މީހުން މިހާރުވެސް ވަނީ ޑިޖިޓަލް އައިޑީ ނިޒާމުގައި ރަޖިސްޓްރީ ކުރެވިފަ.
75 ދުވަސް ކުރިން - 07:19
އޭގައި 10 މީހުން ތިބިއިރު ކަނޑު ގަދަވެ ބަންޑުންޖަހާލުމުގެ ސަބަބުން ސަލާމަތްވީ 8 މީހުން. އެމްއެންޑީއެފުން ދަނީ އެ ދެމީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް މިހާރުވެސް ހިންގަމުން.
75 ދުވަސް ކުރިން - 06:42
މީގެ ކުރިންވެސް ޝަރީފް ވަނީ އެ އެސޯސިއޭޝަންގައި މަސައްކަތް ކުރައްވާފަ. އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބޭންކިންގ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާ.
75 ދުވަސް ކުރިން - 19:04
މޫސުން އިތުރަށް ގޯސްވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް އެޗް.ޑީ.ސީން ވަނީ އެދިފަ. ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީދޫ ސަމާލު ވަނީ ނެރެފަ.
76 ދުވަސް ކުރިން - 14:51
މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 8 ބިދޭސީން. އޭގެ ތެރޭގައި ހިމެނޭ ބާކީ 2 ބިދޭސީން އަދިވެސް ނުފެންނާތީ، އެ މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހިންގަމުން.
76 ދުވަސް ކުރިން - 14:41
އެ ރަށުން ލިބުނު މައުލޫމާތާއި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި، ގަދަ ވަޔާއި ރާޅުތަކުގެ ތެރޭގައި ގޮސް ތޮށިގަނޑުގައި ލައްވުމުގެ ސަބަބުން އުޅަނދުގެ ބައެއް ބައިތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑުވެފަ.
76 ދުވަސް ކުރިން - 11:19
07:30 އިން 11:30 އާއި ހަމަޔަށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި. ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ. މާދަމާ ވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާ ކުރޭ.
76 ދުވަސް ކުރިން - 09:58
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކުރުން. އަންނަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި.
76 ދުވަސް ކުރިން - 01:05