Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 31 ޖުލައި 2026 19:04
ބީއެމްލްގެ ސީއީއޯ މުހައްމަދު ޝަރީފް---
ބީއެމްލްގެ ސީއީއޯ މުހައްމަދު ޝަރީފް---
ޚުލާސާ

މީގެ ކުރިންވެސް ޝަރީފް ވަނީ އެ އެސޯސިއޭޝަންގައި މަސައްކަތް ކުރައްވާފަ. އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބޭންކިންގ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާ.

އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ. މިއީ މި ޝަރަފުވެރި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

އޭބީއޭގެ ބޯޑުން މި ނިންމުން ނިންމާފައިވަނީ އެ އެސޯސިއޭޝަންގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މުޙައްމަދު ޝަރީފް މި މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ.

މުހައްމަދު ޝަރީފަކީ މީގެ ކުރިންވެސް އެ އެސޯސިއޭޝަންގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2018 އިން 2020 އަށް އޭނާ ވަނީ އޭބީއޭގެ ވައިސް ޗެއާމަންގެ މަގާމު ފުރުއްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އެސޯސިއޭޝަންގެ އިސްތިރާތީޖީ މަސައްކަތްތަކުގައާއި، ސަރަހައްދީ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

Advertisement

Advertisement 1

ޝަރީފްގެ ހިންގުންތެރިކަމާއި ތަޖުރިބާއަށް އޮތް އިތުބާރުގެ ބޮޑުކަމުން، 2025 ވަނަ އަހަރު އަލުން އޭނާ ވަނީ އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމަށް އައްޔަންކުރެވިފައެވެ.

އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބޭންކިންގ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. މިފަދަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ އެންމެ އިސް މަގާމަށް ދިވެއްސަކު އައުމަކީ ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ބީއެމްއެލްއޭޝިއަން ބޭންކަރސް އެސޯސިއޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސަފާރީ އުޅަނދުތަކަށް ހާއްސަ "ލިވަބޯޑް ފައިނޭންސް" އެންމެ ކުޑަ އިންޓްރެސްޓް ރޭޓާއެކު ބީއެމްއެލް އިން ތައާރަފުކޮށްފި

ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސެއް ބީއެމްއެލް އިން ތައާރަފުކޮށްފި

2 ދުވަސް ކުރިން - 18:31

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

11 ދުވަސް ކުރިން - 13:47

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

16 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

16 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

16 ދުވަސް ކުރިން - 11:27

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

16 ދުވަސް ކުރިން - 11:20