ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީ ބޯޓެއް، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ނަގިލި ކަހާލައިގެން އޮޔާގޮސް އެ ރަށުގެ ތޮށިމައްޗަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެ ރަށުން ލިބުނު މައުލޫމާތާއި ދައުރުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި، ގަދަ ވަޔާއި ރާޅުތަކުގެ ތެރޭގައި ގޮސް ތޮށިގަނޑުގައި ލައްވުމުގެ ސަބަބުން އުޅަނދުގެ ބައެއް ބައިތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑުވެފައެވެ.








