Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާފުށްޓާއި ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

މާފުށްޓާއި ހިއްކި ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
146 ދުވަސް ކުރިން - 1 މާޗް 2026 20:43
ބުރިޖުގެ އަމަލީ މަސައްކަތް ފެށުން. / ފޮޓޯ: މިނިސްޓްރީ
ބުރިޖުގެ އަމަލީ މަސައްކަތް ފެށުން. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

137 މީޓަރުގެ ދިގު މި ބްރިޖު ފަރުމާކޮށްފައިވަނީ ހިނގާ މީހުންނަށާއި އުޅަނދުފަހަރަށް ފަސޭހަވާނެ ގޮތަކަށް

ކ. މާފުށްޓާއި އެ ރަށް ކައިރީގައި އަލަށް ހިއްކާފައިވާ ސަރަހައްދު ގުޅުވައިދޭ ބުރިޖުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާއި، އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އަދި މާފުށީ ކައުންސިލްގެ މެންބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ.

މި މަޝްރޫއަކީ މާފުށީގެ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ހިއްކާފައިވާ ސަރަހައްދާއި މައި ރަށް ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު އުމްރާނީ މަޝްރޫއެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 35.4 މިލިއަން ރުފިޔާ އެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން މާފުށީގެ ދެ ސަރަހައްދު ގުޅުވައިދިނުމަށް 137 މީޓަރުގެ ދިގު ބުރިޖެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބުރިޖު ފަރުމާކޮށްފައިވަނީ ހިނގާ މީހުންނަށާއި އުޅަނދުފަހަރަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތަށެވެ.

މި މަޝްރޫއު ނިމުމުން މާފުށީގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބިގެންދާނެ އެވެ. ހާއްސަކޮށް، އަލަށް ހިއްކި ސަރަހައްދުގައި މީހުން އާބާދުވުމަށާއި ވިޔަފާރިތައް ފުޅާކުރުމަށް މި ބުރިޖުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެމް.ޓީ.ސީ.ސީ އިން ބުނި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި ރައްޔިތުންގެ ބޭނުމަށް ބުރިޖު ހުޅުވާލުމަކީ އެ ކުންފުނީގެ އަމާޒެވެ.

ކ. މާފުށިއެމްޓީސީސީމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

1 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

4 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

7 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 21:11

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

9 ދުވަސް ކުރިން - 23:50