ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ސިޓީ ހޮޓަލެއް އަޅައިދޭނެ މީހަކު ހޯދުމަށް ބަޔަކު ހޯދާކަމުގެ އިއުލާން މިއަދު ކޮށްފި އެވެ.
އިއުލާނުގައި ވަނީ މާފުށީގައި އަމިއްލަ ހަރަދުގައި ހޮޓަލެއް އެޅުމަށް ޝައުގުވެރިވާ ރާއްޖެ އަދި ބޭރުގެ ކުންފުނިތަކުން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ވާން ބުނެފަ އެވެ.
މި އިއުލާނުގައި އޮތްގޮތުން ރަޖިސްޓްރީ ވުމަށްފަހު އަނބުރާ ނުލިބޭ ގޮތަށް 30،000ރ. ނުވަތަ 2،000 ޑޮލަރުގެ ފީއެއް ބުދަ ދުވަހުގެ ކުރިން ދައްކަން ޖެހެ އެވެ. އެއަށް ފަހު ބިޑު ހުޅުވުން އޮންނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ.
މި ހޮޓާ އަޅަން ހަމަޖެހިފައިވަނީ މާފުށީ އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް (އެމްއައިޓީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގައި އެވެ.
މި ހޮޓާ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދިވެހިން ހައްޖަށް ފޮނުވުމަށް އުފައްދާފައިވާ ކުންފުނިން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ވަނުމުގެ ނަތީޖާ ރަނގަޅުނުވާނެކަމަށް ވިދާޅުވެފަ އެވެ.