ކ. މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ މިހާރު ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:12 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:20 ހާއިރު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.






