Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

ހުސައިން އިސްމާއިލް
3 ގަޑިއިރު ކުރިން - 1 އޯގަސްޓް 2026 22:36
ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ މެމްބަރު ފާތިމަތު ސައުދާ ވަނީ ޕާޓީގެ ލޮބުވެތި މެމްބަރުންގެ ތާޢީދަށް އެދިވަޑައިގެންފަ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ މެމްބަރު ފާތިމަތު ސައުދާ ވަނީ ޕާޓީގެ ލޮބުވެތި މެމްބަރުންގެ ތާޢީދަށް އެދިވަޑައިގެންފަ.
ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސައުދާ އަންނަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރުގެ މަޤާމުގެ އިތުރުން، އިޖުތިމާޢީ ކަންކަމާއި ލާމަރުކަޒީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން.

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.

ސައުދާ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށްއޮތް ކޮންގްރެސް ޕާޓީގެ މަޖިލީހުން އިންތިޚާބު ކުރާ ޕާޓީގެ ނައިބުރައީސުންގެ މަޤާމަށް ކުރިމަތިލެއްވުމަށް ޤަސްތުކުރައްވާފައިވާ ކަމަށެވެ. އަދި މި އިންތިޚާބުގައި ޕާޓީގެ އެންމެހައި ލޮބުވެތި މެމްބަރުންގެ ތާޢީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ސައުދާ ޕާޓީގެ މަތީ މަޤާމަކަށް ކުރިމަތިލައްވަން ނިންމެވި ނިންމެވުމާއެކު، ޕީއެންސީގެ އެތެރޭގެ ސިޔާސީ ހަރަކާތްތަކުގެ ފޯރި ވަނީ ގަދަވެފައެވެ. ޕާޓީގެ މުހިއްމު ނިންމުންތައް ނިންމުމުގައާއި ސަރުކާރު ހިންގުމުގެ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގައި ސައުދާއަކީ މިހާރުވެސް ފާހަގަކޮށްލެވޭ ފަދަ އިސް ދައުރެއް އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ.

Advertisement

Advertisement 1

މި އިންތިޚާބަކީ ޕާޓީގެ ކުރިމަގާއި ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ބޭއްވޭ މުހިއްމު އިންތިޚާބެއްގެ ގޮތުގައި ޕާޓީގެ އެތެރެއިން ސިފަކުރެއެވެ. ޕީއެންސީގެ ނައިބު ރައީސްކަމުގެ މަޤާމަށް ސައުދާ ކުރިމަތިލެއްވުމަކީ، ޕާޓީގެ މަތީ ލީޑަޝިޕުން އަންހެން ބޭފުޅުންނަށް ސިޔާސީ ގޮތުން ކުރިއަށްދިއުމަށް ލިބިގެންދާނެ ބޮޑު ފުރުޞަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ފާޠިމަތު ސައުދާއަކީ 2024 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިގެން، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.

މަޖިލީހުގެ ތެރޭގައި ސައުދާ އަންނަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރުގެ މަޤާމުގެ އިތުރުން، އިޖުތިމާޢީ ކަންކަމާއި ލާމަރުކަޒީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މެމްބަރު ފާތިމަތު ސައުދާޕީއެންސީޕީއެންސީ ސަރުކާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

21 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

21 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

21 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

22 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

28 ދުވަސް ކުރިން - 21:23

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

48 ދުވަސް ކުރިން - 00:49