ވިޔަފާރި ދަށްވުމާއި ގުޅިގެން ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓު ބަންދުކޮށްފި. މި ދެ ބްރޭންޑް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން.
701 ދުވަސް ކުރިން - 20:49
މި އެއްބަސްވުމުގެ ސަބަބުން ޚަރަދު ކުޑަވެ، ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސްވެގެންދާނެ ކަމަށާއި އަދި މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރި.
703 ދުވަސް ކުރިން - 12:29
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ އަށް މިލިއަން ރުފިޔާ، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 25 އިންސައްތައިގެ ދަށްވުމެއް.
704 ދުވަސް ކުރިން - 13:45
އުރީދޫ މޯލްޑިވްސްގެ ކޯލް ސެންޓަރު ރާއްޖޭގެ ފުރަތަމަ އައިއެސްއޯ ސެޓިފައިޑް ކޯލް ސެންޓަރަށްވެއްޖެ. މިއީ ސަރަހައްދުގެ ދެވަނަ އައިއެސްއޯ ސެޓިފައިޑް ކޮންޓެކްޓް ސެންޓަރު. މިކަމުން ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ޔަގީންކޮށްދޭ.
704 ދުވަސް ކުރިން - 10:06
ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތާއެކު ރާއްޖޭގެ ފަތުރުވެރިކަން ހަލުވިކޮށް ކުރިއަރައިފި. އެނދުގެ ޢަދަދާއި ފަތުރުވެރިންގެ ޢަދަދު އިތުރުވެއްޖެ. ސަރުކާރުން ބޭރުގައި އިންވެސްޓްމަންޓް ފޯރަމްތައް ބާއްވައި، ދާއިމީ މަސައްކަތްތަކެއް ކުރަމުންދޭ.
708 ދުވަސް ކުރިން - 16:06
އުރީދޫ މޯލްޑިވްސްއިން އަންނަ މަހު ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާ ގޮތަށް ނިންމައިފި. މި މަހުގެ 27 ގެ ކުރިން ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް މިބައިވެރިވެވޭނެ. ޖަލްސާގެ ތަފްސީލު މި މަހުގެ 30 ގައި އާންމުކުރާނެ.
710 ދުވަސް ކުރިން - 09:41
މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 1.5 އިންސައްތައިގެ ކުރިއެރުމަކާއެކު މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޢާމްދަނީގެ ގޮތުގައި 29.1 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި.
712 ދުވަސް ކުރިން - 19:06
މި ޚިދުމަތަށް އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެކުނު އޭޝިއާއިން ދުނިޔޭގެ އެކި ހިސާބުތަކަށް މުދާ އުފުލުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މަޤްބޫލް މަންޒިލަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އެމްއޭސީއެލް އިން ހާމަކުރި.
713 ދުވަސް ކުރިން - 21:20
ފަތުރުވެރިކަމަށް މިއަހަރު އެކަނި 1,984 އެނދު އިތުރުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި. ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވާ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި އަންނަ މަހު ހާސިލުކުރެވޭނެ ކަމަށް.
714 ދުވަސް ކުރިން - 14:49
އޭޓީއެމް ޚިދުމަތް ފުޅާކުރުމާއި، ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކުރުމާއި، އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ހަރުދަނާކުރުން ހިމެނޭގޮތަށް އަންނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވެއްޖެ.
714 ދުވަސް ކުރިން - 17:38
އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތަކަށް ގެންނަ ބަދަލުތަކުން އަންނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓުގައި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތަކުން 4.9 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ފިނޭންސިން ބުނެފި.
714 ދުވަސް ކުރިން - 17:30
އާ އުޞޫލުގެ ދަށުން، ފަތުރުވެރިންނަށް 200 ސިނގިރޭޓް ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމުގެ ދުންފަތް ހިމެނޭހެން، މިއިން ކޮންމެ އެއްޗަކަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުނުވާނަމަ ޑިއުޓީ މާފުކުރެވޭނެ.
715 ދުވަސް ކުރިން - 22:30