Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަހަރުގެ މިހާތަނަށް 29.1 ބިލިޔަން ރުފިޔާއެކު ދައުލަތަށް ލިބުނު އާމްދަނީއަށް ކުރިއެރުން ލިބިއްޖެ

އަހަރުގެ މިހާތަނަށް 29.1 ބިލިޔަން ރުފިޔާއެކު ދައުލަތަށް ލިބުނު އާމްދަނީއަށް ކުރިއެރުން ލިބިއްޖެ

އާނާ ފަހީމް
566 ދުވަސް ކުރިން - 12 ނޮވެންބަރު 2024 19:06
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)/ ފޮޓޯ؛ ޚުލާސާ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)/ ފޮޓޯ؛ ޚުލާސާ
ޚުލާސާ

މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 1.5 އިންސައްތައިގެ ކުރިއެރުމަކާއެކު މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޢާމްދަނީގެ ގޮތުގައި 29.1 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ޢާމްދަނީގެ ގޮތުގައި 29.1 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން ނެރެފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ދިހަމަސްދުވަހު ލިބުނު 29.1 ބިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 28.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.5 އިންސައްތައިގެ އިތުރު ޢަދަދެކެވެ.

މި ޢާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 22.3 ބިލިޔަން ރުފިޔާއާއި، ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި ލިބުނު 6.2 ބިލިޔަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 565 މިލިޔަން ރުފިޔާއެވެ.

Advertisement

Advertisement

ޓެކްސް ޢާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓު ޑިއުޓީ، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް (ބީޕީޓީ) އަދި ގުޑްސް އެންޑް ސަރވިސް ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު ފައިސާއެވެ. މީގެ ތެރެއިން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2.6 ބިލިޔަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 5.7 ބިލިޔަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި 11.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 880.1 މިލިޔަން ރުފިޔާ އަދި އެއަރޕޯޓު ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 930 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އަދި މިއަހަރުގެ ފުރަތަމަ ދިހަމަސްދުވަހު ދައުލަތުގެ ޚަރަދުތައް ޖުމްލަ 41.1 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 27.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 11.1 ބިލިޔަން ރުފިޔާ ހިމެނެއެވެ.

މީރާފިނޭންސް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

1 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

11 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

14 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

21 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

22 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

23 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%