ރައީސް މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ހަލުވި މިނެއްގައި ކުރިއަރައިފިއެވެ.
މި ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ނުހަނު ބޮޑެތި މަސައްކަތްތަށް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްފައިވާއިރު, މި އަހަރު ފެށުނުއިރު އެނދުގެ ޢަދަދު އިތުރުވެ ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ވެސް ވަނީ އިތުރުވެފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 1984 އެނދު ވަނީ އިތުރުވެފައެވެ. މީގެތެރޭގައި ހިމެނެނީ ރިޒޯޓުތަކުން 104 އެނދު، ހޮޓެލްތަކުން 148 އެނދު، ގެސްޓުހައުސްތަކުން 1432 އެނދު، އަދި ސަފާރީތަކުން 300 އެނދެވެ.
ފާއިތުވި 2022 އަދި 2023 ވަނަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު ވެސް ވަނީ އިތުރުވެފައެވެ. މި އަހަރުގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކުރުމުގެ ގޮތުން ސަރުކާރުން ގިނަ ފޯރަމްތައް ވެސް ބާއްވާފައިވާ ކަމަށް މިނިސްޓަރ ފައިސަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް އަދި ޗައިނާގައި ބޭއްވުނު އިންވެސްޓް ފޯރަމާއި، އިންޑިއާގެ ނިއު ދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމް ހިމެނެއެވެ.









