އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން ގަވަރުނަރު އަޙްމަދު މުނައްވަރު އަދި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) ގެ ފަރާތުން ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސްއެވެ.
މި ފަހުމުނާމާގެ ދަށުން، ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކުގައި އަދި އެހެނިހެން އިޤުތިޞާދީ މާލީ މުއާމަލާތްތައް ދެގައުމުން އެއްބަސްވާ ގޮތެއްގެ މަތީން ދިވެހި ރުފިޔާ އަދި އިންޑިއަން ރުޕީ ބޭނުންކުރުމަށް ވަނީ އެއްބަސްވެފައެވެ.
Reserve Bank of India and Maldives Monetary Authority today signed and exchanged a Memorandum of Understanding for establishing a framework to promote the use of local currencies (INR and MVR), in the august presence of Governor, RBI @DasShaktikanta and Governor, MMA in Mumbai. pic.twitter.com/0qU8cRPsOv
?t=lKieY3hRE3_zoWEtkZmDdw&s=19
އެމްއެމްއޭއިން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ވިޔަފާރިތަކަށް މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ފޮރިން އެކްސްޗޭންޖް މާކެޓުގައި ދިވެހި ރުފިޔާ އަދި އިންޑިއާ ރުޕީ ޓްރޭޑްކުރުމުގެ ފުރުޞަތުވެސް ހުޅުވިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި އެއްބަސްވުމުގެ ސަބަބުން ޚަރަދު ކުޑަވެ، ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސްވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ފާހަގަކުރިއެވެ. އަދި މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ، މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވެ، އިޤުތިޞާދީ ގުޅުންތައް ވަރުގަދަވެގެންދާނެކަމަށެވެ.









