ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ޑޮލަރުގެ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމްކުރުން.
477 ދުވަސް ކުރިން - 02:51
މި ބަދަލަކީ ހާލަތު ބަދަލުވުމުގެ ފެހި ސިގްނަލެއް. މިގޮތުގައި ދެމެހެއްޓިއްޖެނަމަ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ.
557 ދުވަސް ކުރިން - 07:19
މި ޤާނޫނުގެ ދަށުން، ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާވާނެ.
589 ދުވަސް ކުރިން - 12:27
އެ ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ބައިވެރިވި 56 މެންބަރުންގެ އަޣުލަބިއްޔަތުން.
609 ދުވަސް ކުރިން - 15:46
ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައި.
612 ދުވަސް ކުރިން - 11:18
ގެސްޓްހައުސްތަކާއި ހޮޓާތަކުން ޓޫރިސްޓަކަށް ބޮލަކަށް 25 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބިލްގައި ކަނޑައަޅާފައި އޮތުމުން، އުކުޅަހުގައި މިހާރު ވެސް 150 އެއްހާ ކޮޓަރީގެ ގެސްޓްހައުސް ހަދަމުންދާ ކާނި އަބްދުﷲ ތާއީދު ކުރައްވާ.
620 ދުވަސް ކުރިން - 18:24
އެމްއެމްއޭގެ އައު ޤަވާޢިދަށް ރިޢާޔަތް ކުރައްވައި ރައްޔިތުންނަށް އޮޅުވާލައި މާޔޫސް ކޮށްލުމަށްޓަކައި ރައީސް ޔާމީން ވިދާޅުވީ ބޭންކުން ޢާންމު މީހަކަށް ޑޮލަރު ނުވިއްކާނެ ކަމަށާއި، ޑޮލަރު ދޭނީ ރިސޯޓު އޯނަރުން ފަދަ މުއްސަނދިންނަށް ކަމަށް.
622 ދުވަސް ކުރިން - 15:54
ބިލްގައި ވާގޮތުން ކޮންމެ ޓޫރިސްޓަކަށް ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަން ޖެހޭ. ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހޭ.
624 ދުވަސް ކުރިން - 19:21
ބޭންކަށް ޑޮލަރު ނުވަންނަނަމަ ޑޮލަރުގެ ކަޅު ބާޒާރު ނުހުއްޓުވޭނެ ކަމަށާއި، އެންމެ ބޮޑު ގޮންޖެހުމަކީ ކުރިއަށް އޮތް ދެއަަހަރުގެ ތެރޭގައި އަދާކުރަން ޖެހިފައިވާ ދަރަނިތައް ކަމަށް ވީއިރު ރިސޯޓުތަކުގެ އާމްދަނީ ބޭންކުތަކުން ފެންނާކަށް ނެތް.
624 ދުވަސް ކުރިން - 16:23
އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް ބިލަކީ ފަތުރުވެރިކަމުން ތަރައްޤީއަށް ހަމަހަމަ ގޮތެއްގައި ޙިއްޞާކުރާކަން ކަށަވަރުކޮށްދީ، ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް އޭގެ މަންފާ ލިބޭ އަދި ރައީސް ޑރ.މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތް ބިލެއް.
624 ދުވަސް ކުރިން - 11:49
ޓޫރިޒަމުން ލިބޭ ނަފާ ވަކި ބަޔެއްގެ މުށުތެރޭގައި ބޭއްވުމުގެ ބަދަލުގައި އެންމެނަށް އެއިން އެއްޗެއް ލިބޭގޮތަށް ސަރުކާރުން ކުރާ މަސައްކަތުގައި މަހުޖަނުން އެއްބާރުލުން ދިނުން މާބުއްދިވެރި. ޤައުމުގެ އިޤްތިޞާދު ރަނގަޅުވީމާ ފައިދާވާނީވެސް ރިސޯޓު އޯނަރުންނަށް!
636 ދުވަސް ކުރިން - 22:43
ބޭރު ފައިސާ ގަނެވިއްކުމުގެ އައު ޤަވާޢިދު ތަންފީޛުކުރަން ފެށުމާއެކު، ރައްޔިތުންގެ ފަރާތުން މި ބަދަލަށް ތަރުހީބު ލިބެމުންދާކަން ފާހަގަކުރެވޭ. މި ގަވާއިދުގެ ސަބަބުން ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބި، ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ.
636 ދުވަސް ކުރިން - 20:24