އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާ ޔުއާންއިން ތެޔޮ ވިއްކަން ފަށާފާނެ ކަމުގެ އިންޒާރު ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އެމެރިކާއަށް ދީފިއެވެ. އެގައުމުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ހަނގުރާމައެއްގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތަކަށް ހުރަސްއެޅިއްޖެ ނަމަ، ތެލުގެ ވިޔަފާރީގައި ޗައިނާގެ ފައިސާ ކަމަށްވާ 'ޔުއާން' ބޭނުންކުރަން ފަށާފާނެއެވެ.
ގަލްފް ސްޓޭޓްތަކުން އާންމުކޮށް ތެޔޮ ވިއްކަނީ އެމެރިކާ ޑޮލަރުންނެވެ.
އެނެރިކާ ޑޮލަރު ދޫކޮށްލައި ޗައިނާގެ ޔުއާނުން ވިޔަފާރި ކުރާކަށް ޔޫއޭއީން އަދި ނުނިންމައެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އާއި ޙަވާލާދީ ރޮޓާސް އިން ބުނެފައިވަނީ ގަލްފާއި އޭޝިއާގެ އެކުވެރި ގައުމުތަކުން ފައިސާ ބަދަލުކުރުމުގެ ލައިންތަކަށް އެދިފައިވާ ކަމަށެވެ.










