އެމެރިކާ ޑޮލަރުގައި ޓްރަމްޕުގެ ފޮޓޯ ޖަހަން އުޅޭ މައްސަލަ ހޫނުވެއްޖެ

ޢަބްދުﷲ ޖުނައިދު | 43 ދުވަސް ކުރިން - 12 ޑިސެންބަރު 2025 14:05
ޓްރަމްޕުގެ ފޮޓޯ ޖަހާފައިވާ ފައިސާފޮތީގެ ޑްރާފްޓެއް މީހަކު ބަލަނީ: އޮންލައިންގައި މި ކޮއިން މިހާރު އެބަ ވިއްކާ
ޓްރަމްޕުގެ ފޮޓޯ ޖަހާފައިވާ ފައިސާފޮތީގެ ޑްރާފްޓެއް މީހަކު ބަލަނީ: އޮންލައިންގައި މި ކޮއިން މިހާރު އެބަ ވިއްކާ
ޚުލާސާ

އެމެރިކާގެ ޑޮލަރުގައި ޓްރަމްޕުގެ ފޮޓޯ ޖަހަން އުޅޭތީވެ އެކަން ހުއްޓުވުމަށް ޤާނޫނަށް ބަދަލު ގެންނަން ސެނެޓުގައި ހިމެނޭ ޑިމޮކްރެޓުން ދަނީ މަސައްކަތް ކުރަމުން

އެމެރިކާގެ ރައީސް ޑޮންލަޑް ޖޭ ޓްރަމްޕުގެ ފޮޓޯ އެއް ޑޮލަރުގައި ޖަހަން އުޅޭ މައްސަލަ ވަރަށް ބޮޑަށް ހޫނު ވެއްޖެއެވެ. އެމެރިކާގެ ކޮއިން ގައި ޓްރަމްޕުގެ ފޮޓޯ ޖަހަން އުޅޭތީވެ ސެނެޓުގައި ހިމެނޭ އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ އެ ޤައުމުގެ ފައިސާގައި އެ ޤައުމެއްގެ ރައީސަކު ދުނިޔޭގައި ހުންނަވަނިކޮށް އެ ބޭފުޅެއްގެ ފޮޓޯ ނުޖެހޭ ގޮތަށް ‘ޗޭންޖް ކޮރަޕްޝަން އެކްޓް”ގެ ނަމުގައި ޤާނޫނަށް ވެސް ބަދަލު ގެންނާށެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޔޫ.އެސް. ޓްރެޜަރީ ޑިޕާޓްމަންޓާއި ޔޫ.އެސް. “ލިބަޓީ” މި ލަފުޒާއެކު ޓްރަމްޕްގެ ފޮޓޮ ޖަހާފައިވާ ކޮއިނެއް/ ފައިސާ ފޮއްޗެއް ދައްކުވައިދޭ ޑްރާފްޓް ޑިޒައިންއެއް މިހާރު ދަނީ ދައުރުވަމުންނެވެ.

އެމެރިކާގެ ޘަޤާފަތުގައި ވެސް ޢަމަލު ކުރަމުންދާ އިޞޫލަކީ ވެސް ފައިސާގައި ރައީސެއްގެ ފޮޓޯ ޖަހާނީ އެ ރައީސަކު އަވަހާރަވެފައިވާ ނަމައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%