Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ހުސައިން އިސްމާއިލް
51 ދުވަސް ކުރިން - 5 ޖޫން 2026 04:34
މީހަކު ޑެބިޓް ކާޑުން މުއާމަލާތެއް ކުރަނީ. / ފޮޓޯ: ބީއެމްއެލް
މީހަކު ޑެބިޓް ކާޑުން މުއާމަލާތެއް ކުރަނީ. / ފޮޓޯ: ބީއެމްއެލް
ޚުލާސާ

ބައެއް ކަސްޓަމަރުން ބޭރުގެ ޚިދުމަތްތަކަށް ދައްކާ ސަބްސްކްރިޕްޝަން ފީތައް 'ޑިކްލައިން' ވާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުނޭ. ނަމަވެސް މިއީ ބޭންކުން މުއާމަލާތް ހިފަހައްޓައިގެން ވާގޮތެއް ނޫން ކަމަށާއި، އެކި ސަބަބުތަކާ ހުރެ މާޗަންޓުން ނުވަތަ ޚިދުމަތްދޭ ފަރާތްތަކުން އެ މުއާމަލާތްތައް ރިޖެކްޓުކުރަނީ ކަމަށް ބޭންކުން ފާހަގަކުރޭ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޭރުގެ އެކި ޚިދުމަތްތަކަށް ދައްކާ ސަބްސްކްރިޕްޝަން ފައިސާ ދެއްކުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، އެފަދަ މުއާމަލާތްތައް ދުވާލަކު ކަނޑައަޅާފައިވާ ޑޮލަރު ލިމިޓުގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި، ބައެއް ކަސްޓަމަރުން ބޭރުގެ ޚިދުމަތްތަކަށް ދައްކާ ސަބްސްކްރިޕްޝަން ފީތައް 'ޑިކްލައިން' ވާކަން ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މިއީ ބޭންކުން މުއާމަލާތް ހިފަހައްޓައިގެން ވާގޮތެއް ނޫން ކަމަށާއި، އެކި ސަބަބުތަކާ ހުރެ މާޗަންޓުން ނުވަތަ ޚިދުމަތްދޭ ފަރާތްތަކުން އެ މުއާމަލާތްތައް ރިޖެކްޓް ކުރަނީ ކަމަށް ބޭންކުން ބުނެއެވެ. އެހެންކަމުން ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި އެއްވެސް ދައްޗެއް ކުރިމަތިވާނަމަ، ބޭންކަށް ސީދާ ގުޅައިގެން އެކަން ހިއްސާކުރުމުން ވަގުތުން ހައްލެއް ހޯދައިދޭނެއެވެ.

ކާޑުތަކުގެ ލިމިޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބީއެމްއެލްގެ ޑޮލަރު ލިމިޓަށް މި މަހުގެ ފަހުކޮޅު ބޮޑު ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ބޭންކަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކާ ގުޅިގެން މިހާރު ހިފަހައްޓާފައިވާ ލިމިޓްތަކަށް "ވަރަށް ބޮޑުތަނުން" ލުޔެއް ދޭނެ ކަމަށް ބޭންކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

Advertisement

Advertisement 1

ބީއެމްއެލްގެ ޑެބިޓް ކާޑުތަކުގެ ލިމިޓް މީގެ ކުރިން 250 ޑޮލަރުގައި އޮތުމަށްފަހު، މިދިޔަ އަހަރު 500 ޑޮލަރަށް ބޮޑުކުރިއެވެ. ނަމަވެސް ޑޮލަރު ލިބުމުގެ ދަތިކަމާ ހުރެ ފަހުން ވަނީ ލިމިޓްތަކެއް ކަނޑައަޅައި، ޑެބިޓް ކާޑުން ބޭރުގެ ބައެއް ސައިޓުތަކުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަން ނިންމާފައެވެ.

ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ފަސް މަސް ދުވަހު ކާޑުގެ މުއާމަލާތްތަކަށް އެކަނިވެސް 198 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖް ކަމަށްވާ މަހަކު 47 މިލިއަން ޑޮލަރާ އަޅާބަލާއިރު 47 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްޑޮލަރު ލިމިޓުޑޮލަރު
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

4 ދުވަސް ކުރިން - 18:38

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ބީއެމްއެލް އެކެޑަމީން މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އިންސެފް ޔުނިވަރސިޓީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

6 ދުވަސް ކުރިން - 13:47

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން

8 ދުވަސް ކުރިން - 10:21

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

10 ދުވަސް ކުރިން - 20:12

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި: ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި ގޮތެއް ނިންމާނެ

ޒުވާނުންނަށް ހާއްސަ "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ތައާރަފުކޮށްފި

11 ދުވަސް ކުރިން - 11:44

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓަރކާޑު ބޭނުންކޮށްގެން 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

11 ދުވަސް ކުރިން - 11:27