
ސައީދު ވިދާޅުވީ ޑޮލަރުގެ ދަތިކަން ކުރިމަތިވީ ތާރީޚުގައި ނުދައްކާވަރުގެ ބޮޑެތި ދަރަނިތައް ދައްކަން ޖެހުމުން ކަމަށް. ނަމަވެސް ބީއެމްއެލްއިން މިހާރު ހާލަތު މެނޭޖްކޮށްފައިވާ ކަމަށާއި، ދަރިވަރުންނާއި އީ-ކޮމާސް ފަދަ ކަންކަމަށް ވޭތުވެދިޔަ ދެ ސަރުކާރަށްވުރެ އިތުރަށް ބޭރު ފައިސާ ދޫކޮށްފައިވާ ކަމަށް ވިދާޅުވި.
15 ގަޑިއިރު ކުރިން - 11:07
ބޭރުފައިސާގެ އައު ގާނޫނާއެކު ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހެއްގެ 28 ގެ ކުރިން ބޭންކިން ނިޒާމު މެދުވެރިކޮށް މާރުކުރުން ވަނީ މަޖުބޫރުކޮށްފަ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުން.
20 ދުވަސް ކުރިން - 13:11
އައު އިސްލާހާއެކު ދިވެހި ސީ ކެޓަގަރީ ވިޔަފާރިތަކުން މާރުކުރަންޖެހެނީ 7 އިންސައްތަ. އަދި ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ހަރުދަނާކޮށް އަސާސީ މުދާ އެތެރެކުރުން ކަށަވަރުކުރުމަށްޓަކައި ނިޒާމީ މުހިންމު ބަދަލުތަކެއް ވަނީ ގެނެވިފަ.
20 ދުވަސް ކުރިން - 13:10