Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
100 ދުވަސް ކުރިން - 1 ޖޫން 2026 13:39
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބީއެމްއެލް އިން މިހާރު ޑޮލަރު ލިމިޓްތަކެއް ހިފަހައްޓާފައިވަނީ ބޭންކަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި. ރައީސް އޮފީހުން މައުލޫމާތު ބޭންކުން ހޯދިއިރު، މި މަސް ނިމޭ ހިސާބުން "ވަރަށް ބޮޑުތަނުން" އެ ލިމިޓަށް ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ވަނީ ދީފައި.

ދިވެހިރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުތަކަށް ކަނޑައަޅާފައިވާ ޑޮލަރު ލިމިޓަށް މި މަހުގެ ފަހުކޮޅު ބޮޑު ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބީއެމްއެލް އިން މިހާރު ޑޮލަރު ލިމިޓްތަކެއް ހިފަހައްޓާފައިވަނީ ބޭންކަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، ރައީސް އޮފީހުން އެކަމާ ގުޅޭ މައުލޫމާތު ބޭންކުން ހޯދިއިރު، މި މަސް ނިމޭ ހިސާބުން "ވަރަށް ބޮޑުތަނުން" އެ ލިމިޓަށް ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބޭންކުން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ އީކޮމާސް ސައިޓުތަކުން މުދާ ގަތުމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ބީއެމްއެލް ޑެބިޓް ކާޑުތަކުގެ ލިމިޓް މީގެ ކުރިން އޮތީ 250 ޑޮލަރުގައެވެ. މިދިޔަ އަހަރު އެ އަދަދު 500 ޑޮލަރަށް ބޮޑުކުރި ނަމަވެސް، ބޭންކަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކާ ހުރެ ފަހުން ވަނީ ހުރިހާ ޑެބިޓް ކާޑުތަކަކަށް ވަކި ލިމިޓެއް ކަނޑައަޅާފައެވެ. މީގެ އިތުރުން، ބޭރުގެ ބައެއް ސައިޓުތަކުން ކުރާ ކޮންމެ މުއާމަލާތަކުން 30 އިންސައްތައިގެ ފީއެއް ނަގަން ވެސް ބޭންކުން ވަނީ ނިންމާފައެވެ.

Advertisement

Advertisement 1

ބޭންކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރުފިޔާ ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ މިންވަރު އިންތިހާއަށް އިތުރުވުމުގެ ސަބަބުން، މަދު ބަޔަކަށް ގިނަ އަދަދެއްގެ ޑޮލަރު ވިއްކަން ޖެހުމަކީ އެހެން ކަސްޓަމަރުންނަށް ޑޮލަރު ލިބުމަށް އޮތް ހުރަހެކެވެ. އެހެންކަމުން، ލިމިޓްތައް ކަނޑައެޅީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޑޮލަރު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

ބީއެމްއެލްޑޮލަރުރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްޑޮލަރު ލިމިޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

1 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05