Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތަފާތު ކެޓަގަރީތަކުގެ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހޭ އުސޫލުތަކަށް އިސްލާހުތަކެއް ގެނެސްފި

ތަފާތު ކެޓަގަރީތަކުގެ ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރަންޖެހޭ އުސޫލުތަކަށް އިސްލާހުތަކެއް ގެނެސްފި

އައިޝަތު އިމްސާ
14 ގަޑިއިރު ކުރިން - 23 ސެޕްޓެންބަރު 2026 13:10
އެމްއެމްއޭ އިމާރަތް ކުރިމަތި / ފޮޓޯ: ހުލާސާ
އެމްއެމްއޭ އިމާރަތް ކުރިމަތި / ފޮޓޯ: ހުލާސާ
ޚުލާސާ

އައު އިސްލާހާއެކު ދިވެހި ސީ ކެޓަގަރީ ވިޔަފާރިތަކުން މާރުކުރަންޖެހެނީ 7 އިންސައްތަ. އަދި ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ހަރުދަނާކޮށް އަސާސީ މުދާ އެތެރެކުރުން ކަށަވަރުކުރުމަށްޓަކައި ނިޒާމީ މުހިންމު ބަދަލުތަކެއް ވަނީ ގެނެވިފަ.

ބޭރުފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ތަފާތު ކެޓަގަރީތަކުގެ ވިޔަފާރިތަކުން ފައިސާ މާރުކުރަންޖެހޭ މިންވަރުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް، ގެސްޓްހައުސްތައް ނުވަތަ ބީ ކެޓަގަރީގެ ވިޔަފާރިތަކުން މާރުކުރަންޖެހޭ މިންވަރަކަށް އެއްވެސް ބަދަލެއްނާދެއެވެ. އެފަރާތްތަކުން އަދިވެސް މާރުކުރަންޖެހެނީ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 އިންސައްތައެވެ.

ފަތުރުވެރިކަން ނޫން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ސީ ކެޓަގަރީގެ ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 25 މިލިއަން ޑޮލަރު ލިބޭނަމަ 40 އިންސައްތަ މާރުކުރަންޖެހެއެވެ. ނަމަވެސް، އެއީ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ވިޔަފާރިއެއްނަމަ މާރުކުރަންޖެހެނީ އެންމެ 7 އިންސައްތައެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ދެވިފައިވާ ބޮޑު ލުޔެކެވެ.

މީގެ އިތުރުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ހިދުމަތުގެ އަގު ބޭރު ފައިސާއިން އަދާކުރަން ބޭނުންވާނަމަ، އެމްއެމްއޭގެ ހުއްދައަށް އެދިގެން އެކަން ކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މިއީ ތަފާތު ކެޓަގަރީތަކުގެ ވިޔަފާރިތަކުގެ މާލީ އިލްތިޒާމްތަކަށް ރިއާޔަތްކޮށް ދެވިފައިވާ ފުރުސަތެކެވެ.

Advertisement

Advertisement 1

މިފަދަ ފިޔަވަޅުތަކެއް އަޅަންޖެހުނީ ރާއްޖެއަށް ދިމާވެފައިވާ ބޭރުފައިސާގެ ތާށިކަމާއި، ބޮޑެތި ދަރަނިތައް ދައްކަންޖެހުމާއި، ދުނިޔޭގެ މަޝްރަހުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލުމުގެ އަގު ބޮޑުވުމާ ގުޅިގެންނެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރެވެނީ ރަސްމީ ރިޒާވް ބޭނުންކޮށްގެން ކަމަށްވާތީ، މަރުކަޒީ ބޭންކުން ވަނީ އިގްތިސާދީ ގޮތުން ކޮންމެހެން ކުރަންޖެހިފައިވާ މި ނިޒާމީ ބަދަލުތައް ގެނެސްފައެވެ.

ޑޮލަރުއެމްއެމްއޭރިސޯޓުޑޮލަރު ލިމިޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ތައާރަފް ކުރި ބޭރުފައިސާގެ އައު ގާނޫނަށް ޢަމަލުކުރަން ފަށައިފި

ބޭރުފައިސާގެ ގާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އަމަލުކުރަން ފަށައިފި

14 ގަޑިއިރު ކުރިން - 13:11

ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި

3.8 މިލިއަން ރުފިޔާ ބޭރުކުރަން އުޅުނީ ސީރިއަލް ޕެކެޓުތަކުގައި ފޮރުވައިގެން

3 ދުވަސް ކުރިން - 13:13

ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑުގައި ހިމެނުމުގެ ފަހަތުގައިވާ ޒުވާނުންގެ މަސައްކަތް

ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑުގައި ހިމެނުމުގެ ފަހަތުގައިވާ ޒުވާނުންގެ މަސައްކަތް

5 ދުވަސް ކުރިން - 22:05

ދިވެހި ރުފިޔާގެ ނިޝާން  ޑިޖިޓަލް ވަސީލަތްތަކުގައި ބޭނުންކުރެވޭނެ މަގު އެމްއެމްއޭއިން ތަނަވަސްކޮށްދީފި

ދިވެހި ރުފިޔާގެ ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑުގައި ހިމަނައިފި

6 ދުވަސް ކުރިން - 12:23

ރާއްޖޭގެ ރަސްމީ ރިޒާވްގައި 643 މިލިއަން ޑޮލަރަށްވުރެ މަތީގައި: އެމްއެމްއޭ

ރާއްޖޭގެ ރަސްމީ ރިޒާވްގައި 643 މިލިއަން ޑޮލަރަށްވުރެ މަތީގައި: އެމްއެމްއޭ

8 ދުވަސް ކުރިން - 20:30

ސަރުކާރުގެ ފިޔަވަޅުތަކުން ކަޅުބާޒާރުގެ ޑޮލަރުރޭޓް ތިރިވެއްޖެ!

ސަރުކާރުގެ ފިޔަވަޅުތަކުން ކަޅުބާޒާރުގެ ޑޮލަރުރޭޓް ތިރިވެއްޖެ!

9 ދުވަސް ކުރިން - 19:05