Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޮލަރުގެ މުއާމަލާތްތަކެއްގައި މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

ޑޮލަރުގެ މުއާމަލާތްތަކެއްގައި މަކަރާއި ހީލަތް ހެދިކަމުގެ ތުހުމަތުގައި"ހަބޭސް" ގްރޫޕުން އަޔާޒް ވަކިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
218 ދުވަސް ކުރިން - 3 ފެބްރުއަރީ 2026 17:55
އަހުމަދު އަޔާޒް/ ފޮޓޯ ހަބޭސް
އަހުމަދު އަޔާޒް/ ފޮޓޯ ހަބޭސް
ޚުލާސާ

އެފަދަ އަމަލުތައް ތަކުރާރުވަމުންދާތީ، ހަބޭސްގެ ހުރިހާ ހަރަކާތްތަކުން އޭނާ މީގެކުރިންވެސް އެކަހެރިކޮށްފައިވާނެ ކަމަށް އެ ގްރޫޕުން ބުނި.

ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން އެކި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާ އަނބުރާ ރައްދުނުކޮށް ފިލައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަޔާޒް، މަޝްހޫރު ބޮޑުބެރު ގްރޫޕް "ހަބޭސް" އިން ވަކިކޮށްފި އެވެ.

މިކަމާ ގުޅިގެން ހަބޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގްރޫޕަކީ މިފަދަ ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް އެއްވެސް އިރެއްގައި އެއްވެސް ބަޔަކަށް ހިތްވަރުދޭނެ ބައެއް ނޫން ކަމަށެވެ. އަދި އަޔާޒްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެ ބޭންޑުގެ ނަމަށްވެސް އޭގެ ސަބަބުން ކިލަނބުކަން އަންނާނެ ކަންތައްތަކެއްކަމަށް އެ ގްރޫޕުން ފާހަގަކުރި އެވެ.

ހަބޭސްއިން ބުނީ، މީސްމީޑިއާގައި މި ހަބަރު ފުރަތަމަ ފެތުރެން ފެށުމާއެކުވެސް އަޔާޒާ ވާހަކަ ދެކެވި، ބޭންޑުގެ މެންބަރުން އަމަލުކުރަންޖެހޭ 'ކޯޑް އޮފް ކޮންޑަކްޓް' އާ އެއްގޮތްވާގޮތުގެ މަތިން އޭނާއަށް ނަސޭހަތްތެރިވެ، އިތުރު ފުރުސަތެއް ދެވުނު ކަމަށެވެ. ނަމަވެސް، އޭގެ ފަހުންވެސް އެފަދަ އަމަލުތައް ތަކުރާރުވަމުންދާތީ، ހަބޭސްގެ ހުރިހާ ހަރަކާތްތަކުން އޭނާ މީގެކުރިން އެކަހެރިކޮށްފައިވާނެ ކަމަށެވެ.

Advertisement

Advertisement 1

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އިދާރީ ގޮތުން ބެލިއިރު، އަޔާޒްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ފުލުހުން ކުރިއަށްގެންދާކަން ކަށަވަރުވެފައިވާ ކަމަށް ހަބޭސް އިން ބުންޏެވެ. އެހެންކަމުން، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މި މައްސަލައަށް ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން، މިއަދުން ފެށިގެން އަޔާޒަކީ އެ ބޭންޑުގެ މެންބަރެއް ނޫން ކަމަށް މެނޭޖްމަންޓް ބޯޑުން ވަނީ ނިންމާފައިކަމަށް ހަބޭސްއިން ބުންޏެވެ.

އަޔާޒްގެ މައްޗަށް ތުހުމަތު ކުރެވެނީ ޑޮލަރު ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށްފަހު، އެ ފައިސާ ނުދީ ފިލައިގެން އުޅޭ ކަމަށެވެ. މި މައްސަލައިގައި ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެމީހުންނަށް ލިބުނު ގެއްލުމުގެ ވާހަކަ ހިއްސާކުރަމުންނެވެ.

މުނިފޫހިފިލުވުންޑޮލަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

ރާއްޖޭގެ މިނިވަންކަމަށާއި އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ގަވާއިދާ ހިލާފަށް އުޅޭ އެއްލައްކައެއްހާ ބިދޭސީން! - ޝާޒް ވަލީދު

އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ބިދޭސީން : ޝާޒް ވަލީދު

4 ދުވަސް ކުރިން - 10:08

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 12:44

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

9 ދުވަސް ކުރިން - 14:46

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

12 ދުވަސް ކުރިން - 11:46

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

13 ދުވަސް ކުރިން - 22:31