Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
8 ގަޑިއިރު ކުރިން - 23 އޯގަސްޓް 2026 18:51
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ). / ފޮޓޯ: ޚުލާސާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ). / ފޮޓޯ: ޚުލާސާ
ޚުލާސާ

ނަން އާންމުކޮށްފައިވާ ރިސޯޓުތަކަކީ ރަހާ ރިސޯޓު އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް. ރިސޯޓުތަކުގެ 78 އިންސައްތަ ތަންތަނުން ގަވާއިދަށް އަމަލުކުރާއިރު، މާރުކުރާ ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށާއި ކުދި ވިޔަފާރިތަކަށް އެހީވުމަށް.

ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ލާޒިމުކުރާ ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް އެއްވެސް މިންވަރަކަށް ކޮށްފައިނުވާ ދެ ރިސޯޓެއްގެ ނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކޮށްފިއެވެ.

މަރުކަޒީ ބޭންކުން އާންމުކުރި ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބޭރު ފައިސާ މާރުކުރުމަށް އެއްވެސް މިންވަރަކަށް އަމަލުނުކުރާ ދެ ރިސޯޓަކީ ރަހާ ރިސޯޓް އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް 00އެވެ.

އެމްއެމްއޭ އިން ބުނީ، ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރުމުގެ އެއްވެސް މުއާމަލާތެއް ނުހިންގާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ނިންމީ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. އަދި މިހާތަނަށް އެ އޮތޯރިޓީގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް ފަހު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ.

Advertisement

Advertisement 1

އެމްއެމްއޭގެ އެންމެ ފަހުގެ ރިޕޯޓަށް ބަލާއިރު، ރިސޯޓުތަކުގެ 78 އިންސައްތަ ތަންތަނުން ވަނީ ގަވާއިދާ އެއްގޮތަށް ފުރިހަމައަށް ބޭރު ފައިސާ މާރުކޮށްފައެވެ. އަދި 20 އިންސައްތަ ރިސޯޓުން އެކަށީގެންވާ ވަރަށް އެކަން ފުރިހަމަކޮށްފައި ނުވާއިރު، އޭގެ ތެރެއިން ބައެއް ފަރާތްތަކުން އެކި ސަބަބުތަކާ ހުރެ ލުއިތަކަކަށް އެދިފައިވާ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ. ނަމަވެސް ގަވާއިދުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް އެ ފަރާތްތަކުން ޒިންމާވާންޖެހޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ހަނދާންކޮށްދީފައެވެ.

އެހެން ދާއިރާތަކުން ގަވާއިދަށް އަމަލުކޮށްފައިވާ މިންވަރު:

  1. ކެޓަގަރީ ބީ (ގެސްޓްހައުސް، ޓޫރިސްޓް ހޮޓާ، ސަފާރީ އަދި ހޯމްސްޓޭ): ރަޖިސްޓްރީވެފައިވާ ތަންތަނުގެ ތެރެއިން 48 އިންސައްތަ ތަންތަނުން ގަވާއިދާ އެއްގޮތަށް އަމަލުކުރިއިރު، 15 އިންސައްތަ ތަންތަނުން އެކަށީގެންވާ ވަރަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި 37 އިންސައްތަ ތަނަކުން އެއްވެސް ވަރަކަށް ފައިސާ މާރުކޮށްފައެއް ނުވެއެވެ. މީގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް ހިމެނޭތީ، ގާނޫނީ އިމުގެ ތެރެއިން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
  2. ކެޓަގަރީ ސީ (އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތައް): މި ކެޓަގަރީގެ 38 އިންސައްތަ ވިޔަފާރިން ގަވާއިދަށް ފުރިހަމައަށް އަމަލުކުރިއިރު، 33 އިންސައްތަ ފަރާތުން އެކަށީގެންވާ ވަރަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި 29 އިންސައްތަ ފަރާތަކުން އެއްވެސް ވަރަކަށް ފައިސާ މާރުކޮށްފައެއް ނުވެއެވެ. މި ގްރޫޕަށް ލުއިތަކެއް ދެވޭނީ ގާނޫނަށް ގެންނަ އިސްލާހުތަކަކުން ކަމަށްވާތީ، އެ އިސްލާހުތައް މިހާރު ވަނީ ހުށަހަޅާފައެވެ.

މާރުކުރާ ޑޮލަރު ބޭނުންކުރެވޭ ގޮތް

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، މާރުކުރާ ބޭރު ފައިސާގެ 90 އިންސައްތަ ހިފަހައްޓަނީ އެމްއެމްއޭ އިންނެވެ. އަދި އޭގެ ތެރެއިން 30 އިންސައްތަ ފައިސާ ބޭންކުތަކަށް (ހާއްސަކޮށް ދިވެހި ބޭންކުތަކަށް އިސްކަންދީގެން) ދޫކުރެއެވެ. މި ފައިސާ ބޭނުންކުރެވެނީ އާންމުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި، ކާބޯތަކެތި އިމްޕޯޓް ކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން، އެމްއެމްއޭގައި ހުންނަ ބޭރު ފައިސާގެ ބޮޑު ބައެއް ހޭދަކުރަނީ ރައްޔިތުންނަށް ބޭނުންވާ ތެލާއި، ގޭހާއި، ބޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށް ކަމަށް ވާތީ، މީގެ ފައިދާ ސީދާ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.

ބޭރު ފައިސާގެ ގަވާއިދު ބުނާގޮތުން، ކެޓަގަރީ 'އޭ' ގައި ހިމެނޭ ރިސޯޓު ފަދަ ތަންތަނުން ކޮންމެ މަހަކު އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ބޭރު ފައިސާއިން މާރުކުރަންޖެހެއެވެ. ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެކުލަވާލާފައިވާ މި ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކުގެ ނަންތައް އާންމުކުރުމަކީ ގަވާއިދު ތަންފީޒުކުރުން ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އެމްއެމްއޭޑޮލަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

2 ދުވަސް ކުރިން - 16:40

އެމްއެމްއޭގެ ދެ ގަވާއިދަކަށް، އީމެއިލް މެދުވެރިކޮށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ދެ ގަވާއިދަކަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

3 ދުވަސް ކުރިން - 09:45

ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް: މުނައްވަރު

“ބޭންކިން ދާއިރާގެ އިސްމަގާމުތަކުގައި ދިވެހިންގެ ނިސްބަތް %80 އަށް އިތުރުކުރުމަކީ އަމާޒެއް”

5 ދުވަސް ކުރިން - 12:17

ރަސްމީ ޑޮލަރު ރިޒާވްގައި 638 މިލިއަން ޑޮލަރުގައި، ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުން

ޖުލައި މަހު ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް

6 ދުވަސް ކުރިން - 13:11

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

9 ދުވަސް ކުރިން - 20:27

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

9 ދުވަސް ކުރިން - 20:00