މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 92،860 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ. މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރެއިން 6 ވަނަ ޤައުމު.
762 ދުވަސް ކުރިން - 06:41
މި ބައްދަލުވުމުގައި އިޓަލީއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަމަށް އިޓަލީގެ އިންވެސްޓްމަންޓް ގެނައުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން ހާމަކުރި.
764 ދުވަސް ކުރިން - 23:50
ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެގެ އިގްތިޞާދަށް މި ކޮންޓްރިބިއުޓްކުރާ 4.5 ބިލިޔަން ޑޮލަރު ގާތްގަނޑަކަށް ހަތް ބިލިޔަން ޑޮލަރަށް މި ސަރުކާރު ނިމިގެންދާއިރު ޖެއްސޭނެ ކަމަށް މިނިސްޓަރު ވިދާޅުވޭ
768 ދުވަސް ކުރިން - 11:13
ރާއްޖޭގައި ހޮޓެލް ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް.
776 ދުވަސް ކުރިން - 09:23
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ފަސް ވަނައިގައި އޮތް ޖަރުމަނުން އަހަރުގެ މިހާތަނަށް 100,796 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި. ޖަރުމަނުގެ އިތުރުން ޖުމްލަ ފަސް ޤައުމަކުން އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، ޔޫކޭ އަދި އިޓަލީ.
787 ދުވަސް ކުރިން - 14:48
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ފަޅުތަކާއި ރަށްތަކުގެ ލިސްޓަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އަނެއްކާވެސް ބަދަލު ގެނެސްފި. މި ބަދަލާ ގުޅިގެން 3 ރަށް އުނިކޮށް، 6 ފަޅާއި އެއް ރަށް ވަނީ އިތުރުކޮށްފައި.
787 ދުވަސް ކުރިން - 09:38
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މުޅި ރާއްޖެއަށް ރަށު ފަތުރުވެރިން އާންމުވެގެންދާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭނެ ގޮތުގެ އުޞޫލެއް އެކުލަވައިލުމާ ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށް ވުޒާރައިން ބުނެފައިވޭ.
788 ދުވަސް ކުރިން - 16:15
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އަދި ވިޔަފާރީގެ މުޢާމަލާތްތައް އެންމެ ގިނައިން ކުރާ ޤައުމު. މި އައު އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ހިނގާ އިޤްތިޞާދީ މުޢާމަލާތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ފައިޞަލް ވިދާޅުވެފައިވޭ.
790 ދުވަސް ކުރިން - 23:55
ނިމިދިޔަ އޮގަސްޓު މަހު ރާއްޖެއަށް 176،151 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން ސާވިސްއިން ހާމަކޮށްފި. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރު އަދަދެއް، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން އެއީ 38،987 ފަތުރުވެރިން.
794 ދުވަސް ކުރިން - 18:45
ސަރުކާރުގެ 5 މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން ރިސޯޓްތަކުގައި ގަސް އިންދުން އަވަސްކުރުމާ ގުޅޭގޮތުން މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގައި މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި ގެދޮރުވެރިކަމާ ބެހޭ ވަޒީރު މުހައްމަދު ނާއިފް އާއި ޓޫރިޒަމް ވަޒީރު އިބްރާހިމް ފައިސަލް ބައިވެރިވެ ވަޑައިގެންނެވި. މި ޕްރޮޖެކްޓަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ޤައުމީ ޕްރޮޖެކްޓެއް.
794 ދުވަސް ކުރިން - 18:05
މިި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 202,613 އަށް ވަނީ އަރާފައި. މި އަހަރުގެ މިހާތަނަށް ޖުމްލަ 1,386,530 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ މި އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން.
796 ދުވަސް ކުރިން - 12:57
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފަތުރުވެރިކަމުގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑް ޑޮކިއުމަންޓް ވިއްކައިގެން ކަމަށް. މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ބިޑު ހުށެހެޅޭނެ.
799 ދުވަސް ކުރިން - 16:42