ދެ ލޮޓަކަށް ބަހާލައިގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 15 މެގަވޯޓުގެ ސޯލާ ހަކަތަ އުފެއްދުމަށް ހަމަޖެހިފައިވޭ. މި މަޝްރޫއުގެ ސަބަބުން އިންޖީނުގެތަކުން ތެޔޮ އެންދުން މަދުވެ، ދައުލަތުން ތެލަށް ކުރާ ހޭދައާއި ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ނުހަނު ބޮޑަށް ދަށްވެގެންދާނެ.
20 ދުވަސް ކުރިން - 16:26
މި ބަދަލުތައް ފެނަކައިގެ މެނޭޖްމަންޓަށް ގެނެސްފައި މިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމާ ގުޅިގެން.
32 ދުވަސް ކުރިން - 14:58
މި ބަދަލުތައް ގެނެސްފައިވަނީ ހަރަދު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް އާރްޑީސީ އެމްޓީސީސީއާ އަދި ފެނަކަ ސްޓެލްކޯއާ އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި. ނަމަވެސް މި ވަކިކުރުންތަކާ ކުންފުނިތައް އެއްކޮށްލުމާ ހުރި ގުޅުން ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރޭ.
32 ދުވަސް ކުރިން - 10:03
މި ފިޔަވަޅުގެ މައިގަނޑު މަޤުސަދަކީ މަސައްކަތްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، ކަރަންޓު މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުން. އަދި ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި، މަގުކޮނުމުގެ މަސައްކަތްތައް ކުރާއިރު ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ.
47 ދުވަސް ކުރިން - 12:23
ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުންފުނިތަކުގެ ވެރިންނާއެކު ވަޒީރު މަޝްވަރާކުރައްވައިފި. ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، ކަރަންޓު ކެޕޭސިޓީ އިތުރުކުރުމާއި %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް.
48 ދުވަސް ކުރިން - 11:52
ކޭބަލަށް ގެއްލުންވުމުގެ ސަބަބުން ގިނަ ގޭބިސީތަކަކަށާއި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްތައް ކުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަނގަޅަށް ރާވައި، ބިމުގެ އަޑީގައިވާ ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން ވަނީ އެދިފަ.
48 ދުވަސް ކުރިން - 10:01
އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފަ މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން. އިއްޔެ ވެސް ފޭސް ދޭއްގެ 'އަމާން ދޯދި' ޓަވަރުން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން.
76 ދުވަސް ކުރިން - 13:32
ހުޅުމާލޭގައި ތަރައްގީކުރާ 70 މެގަވޮޓުގެ އިންޖީނުގޭގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާއިރު ދުރުރާސްތާގެ ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ގުޅިފަޅުގައި 200 މެގަވޮޓުގެ ބޮޑު އިންޖީނުގެއެއް ތަރައްޤީ ކުރުމަށްވެސް ސްޓެލްކޯއިން ވަނީި ނިންމާފަ.
103 ދުވަސް ކުރިން - 11:49
މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ފާހަގަކުރި.
119 ދުވަސް ކުރިން - 19:54
މާލެއިން ކަރަންޓު މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން 60 އިންސައްތައަށް މިހާރު ވަނީ ކަރަންޓު ދެވިފަ. ވީއެންމެ އަވަހަކަށް ކަރަންޓު އިއާދަކުރުމަށް ބާރުސްޕީޑުގައި ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުން.
177 ދުވަސް ކުރިން - 15:34
ހާރު ދިމާވެގެން އުޅޭ ކަރަންޓު ކެނޑުމުގެ މައްސަލައަކީ މިއަދު ހެނދުނު ނިންމާލި އަޕްގްރޭޑިން މަސައްކަތާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވޭ.
177 ދުވަސް ކުރިން - 12:41
އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ އެކުންފުނީގެ ހޮޓްލައިން ނަންބަރު 1545 އަށް ގުޅުއްވައި ރިޕޯޓް ކުރެއްވުމަށް ސްޓެލްކޯއިން އެދޭ.
201 ދުވަސް ކުރިން - 08:39
އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް.
202 ދުވަސް ކުރިން - 14:59