Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަލީ އަޒްވަރު އައްޔަނުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
57 ދުވަސް ކުރިން - 28 އޭޕްރިލް 2026 14:59
ޑރ. އަލީ އަޒްވަރު---
ޑރ. އަލީ އަޒްވަރު---
ޚުލާސާ

އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ހަކަތައިގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ސ. ފޭދޫ / ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު އައްޔަނުކުރައްވައިފި އެވެ.

ޑރ. އަލީ އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މި މަގާމަށް އައްޔަނުކުރެވުނުއިރު އޭނާ ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ ސްޓެރެޓެޖިކް ލީޑަރޝިޕް، އޮޕަރޭޝަންސް، ފައިނޭންސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުންފުނި ހިންގުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

1997 ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގަތް ޑރ. އަޒްވަރު ވަނީ އެ ކުންފުނީގެ ފަންނީ އަދި އިދާރީ ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. މީގެ ތެރޭގައި ސޭލްސް އެންޑް މާކެޓިން، ބިލިންގ ސާވިސަސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުގެ އިސް މަގާމުތަކާއި، ޗީފް އޮޕަރޭޓިން އޮފިސަރުގެ (ސީ.އޯ.އޯ) މަގާމު ހިމެނެ އެވެ. މީގެ އިތުރުން ސްޓެލްކޯގެ ބޯޑު މެންބަރުކަމާއި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ނޮން-އެގްޒެކެޓިވް ޑައިރެކްޓަރުގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.

Advertisement

Advertisement 1

ތައުލީމީ ގޮތުން ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންޓަނުން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ. އޭނާގެ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ފެތުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ނޭޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރުން މާސްޓާސް އިން ޕަބްލިކް ޕޮލިސީ އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.

ބައިނަލްއަގްވާމީ ގިނަ ސެމިނާތަކެއްގައި ރާއްޖެ ތަމްސީލުކުރައްވާފައިވާ ޑރ. އަޒްވަރު ވަނީ ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިންވެސް ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފަ އެވެ. ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭނާ އައްޔަނުކުރެވުމާއެކު، ރާއްޖޭގެ ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާވެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ތަންފީޒުވެގެންދާނެ ކަމަށް ބެލެވެ އެވެ.

ސްޓެލްކޯޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

ޕީސީބީގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ޒައިނާ އައްޔަނުކޮށްފި

12 ގަޑިއިރު ކުރިން - 10:27

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް އަލުން ދީފި

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފި

32 ދުވަސް ކުރިން - 15:34

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

32 ދުވަސް ކުރިން - 12:41

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް މުހައްމަދު އަނަސް އައްޔަނުކުރައްވައިފި

55 ދުވަސް ކުރިން - 21:19

ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފި

ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފި

55 ދުވަސް ކުރިން - 20:06

ޕީސީބީގެ ރައީސް މުހައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވައިފި

ޕީސީބީގެ ރައީސް އަނަސް މަގާމުން އިސްތިއުފާ ދެއްވައިފި

55 ދުވަސް ކުރިން - 19:55